ބޭރުދުނިޔެ

ޣައްޒާގައި ޕޯލިއޯގެ ބަލިމަޑުކަމެއް ފެތުރިދާނެ ކަމުގެ އިންޒާރުދީފި

ޣައްޒާގައި ޕޯލިއޯގެ ބަލިމަޑުކަމެއް ފެތުރިދާނެކަމުގެ އިންޒާރު ސިއްހީ އޮފިޝަލުން ދީފިއެވެ.

ޣައްޒާގެ ސިއްހީ ވުޒާރާއިން ވަނީ އެ ސަރަހައްދުގައި ޕޯލިއޯގެ ބަލިމަޑުކަމެއް ފެތުރިފައިވާކަމަށް އިއުލާނުކޮށްފައެވެ. މިކަމަކީ އެ ސަރަހައްދުގެ ރައްޔިތުންނަށާއި އަވައްޓެރި ގައުމުތަކަށްވެސް ސިއްހީ ގޮތުން ނުރައްކަލެއްކަމަށް ވުޒާރާއިން ބުނެފައިވެއެވެ.

މިއާއެކު، އިސްރާއީލުގެ ސިފައިން އައު އިންޒާރުތަކެއް ދީފައިވާތީ، މެދު ޣައްޒާގައި ހުރި ބުރެއިޖް އަދި ނުސެއިރާތު ރެފިއުޖީ ކޭމްޕްތަކުން ފަލަސްތީނުގެ ރައްޔިތުން ފިލަމުންދާކަމަށް ވަނީ ރިޕޯޓުކުރެވިފައެވެ.

ފަލަސްތީނު ރެފިއުޖީންނާ ބެހޭ އދ. ގެ އޭޖެންސީން ބުނާގޮތުގައި މިހާރު ޣައްޒާގެ 86 އިންސައްތަ ސަރަހައްދަކީ އިސްރާއީލުން އިންޒާރު ދީފައިވާ ސަރަހައްދުތަކެކެވެ.

ހަމާސްއިން ބުނެފައިވާ ގޮތުގައި އިސްރާއީލުގެ ބޮޑުވަޒީރު ނެތަންޔާހޫ ދަނީ އިތުރު ޝަރުތުތަކެއް ކަނޑައަޅައި، ހުއްޓުމަކަށް އައުމަށާއި ރަހީނުން ދޫކޮށްލުމަށް ވާހަކަދައްކަމުންދާ މަސައްކަތް ލަސްކުރަމުންނެވެ.

އިސްރާއީލުން ހިފާފައިވާ ގޯލަން ހައިޓްސްގައި ހިނގި ރޮކެޓް ހަމަލާއެއްގައި 12 މީހުން މަރުވެފައިވާއިރު، އޭގެ ގިނަ މީހުންނަކީ ކުޑަކުދިންނެވެ. މި ހަމަލާއަށް ޖަވާބުދާރީވުމަށް އިސްރާއީލުގެ ސަލާމަތީ ކެބިނެޓުން ވަނީ ބޮޑުވަޒީރު ނެތަންޔާހޫ އާއި ދިފާއީ ވަޒީރު ޔޯވް ގަލަންޓަށް ހުއްދަ ދީފައެވެ.

އިސްރާއީލުން މި ހަމަލާގެ ތުހުމަތު ކުރަނީ ލެބަނަންގެ ހިޒްބުﷲ އަށެވެ. ނަމަވެސް ހިޒްބުﷲ އިން މިކަން ދަނީ ދޮގުކުރަމުންނެވެ.

އިސްރާއީލުން ޣައްޒާއަށް ދެމުންދާ ހަމަލާތަކުގައި މިހާތަނަށް މަދުވެގެން 39،363 މީހުން މަރުވެ، 90،923 މީހުން ޒަޚަމްވެފައިވެއެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close