ޚަބަރު

ހިޖުރީ އައު އަހަރާ ގުޅިގެން ރައީސް މުޢިއްޒު އިސްލާމީ ޤައުމުތަކުގެ ވެރިންނަށް ތަހުނިޔާ ފޮނުއްވައިފި

ހިޖުރީ އައު އަހަރާ ގުޅިގެން ރައީސް މުޢިއްޒު އިސްލާމީ ޤައުމުތަކުގެ ވެރިންނަށް ތަހުނިޔާ ފޮނުއްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ހިޖުރީ 1446 ވަނަ އަހަރުގެ ތަހުނިޔާ އިސްލާމީ ޤައުމުތަކުގެ ވެރިންނަށް ފޮނުއްވައިފައެވެ. މިގޮތުން ރައީސް މުޢިއްޒު ވަނީ ކޮންމެ ޤައުމެއްގެ ވެރިޔަކަށް ވަކިން މެސެޖެއް ފޮނުއްވާފައެވެ.

ރައީސް މުޢިއްޒު ފޮނުއްވި މެސެޖުގައި، މި އައު އަހަރަކީ މުޅި އިސްލާމީ އުންމަތަށް އުފާވެރި އަހަރަކަށް ވުމަށް އެދިވަޑައިގެންފައިވެއެވެ. އަދި ޚާއްޞަކޮށް ދަތި ހާލުގައި ތިބި މުސްލިމުންނަށް މާތްﷲގެ ރަޙުމަތާއި ބަރަކާތް ލެއްވުމަށް އެދި ދުޢާ ކުރައްވާފައިވެއެވެ.

މީގެއިތުރުން، އިސްލާމީ އުންމަތުގެ އެއްބައިވަންތަކަމާއި ޞުލްޙަމަސަލަސްކަން ދެމެހެއްޓުމަށްޓަކައި އިސްލާމީ ޤައުމުތަކުގެ މެދުގައި އޮންނަ ގުޅުން އިތުރަށް ބަދަހިވުމަށް އެދިވަޑައިގެން ރައީސް މުޢިއްޒު ވަނީ ދުޢާ ކުރައްވާފައެވެ.

ރައީސް މުޢިއްޒުގެ މި މެސެޖަކީ އިސްލާމީ ޤައުމުތަކުގެ މެދުގައި އޮންނަ އެކުވެރިކަން އިތުރަށް ވަރުގަދަކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމުގައި ބެލެވެއެވެ. އަދި މި މެސެޖުން ދިވެހިރާއްޖެއަކީ އިސްލާމީ އުންމަތުގެ ބައިވެރިއެއްގެ ގޮތުގައި ދެމިއޮތްކަން ވަނީ ހާމަކޮށްދީފައެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close