ޚަބަރު

ދިރާގު ޕްރިޕެއިޑް ޑާޓާ %100 ހިލޭ އިތުރުކޮށްލެވޭ ޕްރޮމޯޝަނެއް

އަހަރު ނިންމުން ފާހަނގަ ކުރުމުގެ ގޮތުން ދިރާގުގެ ޕްރީޕެއިޑް ކަސްޓަމަރުން 75 ރުފިޔާ ގެ މިނީ ޑޭޓާ ބަންޑްލްއެއް އެކްޓިވޭޓް ކޮށްގެން 100 އިންސައްތަ އިތުރު ޑޭޓާ ލިބޭ ޕްރޮމޯޝަން އެއް ފަށައިފިއެވެ. މި ވެލިއު އޮފަރ އެކްޓިވޭޓް ކުރައްވައި ކޮންމެ ކަސްޓަމަރަކަށް 1.5 ޖީބީގެ ބަދަލުގައި 3ޖީބީގެ ޑޭޓާ އެލަވަންސް ލިބިގެން ދާނެއެވެ.

ޕްރީޕެއިޑު ކަސްޓަމަރުންނަށް ޙާއްސަކޮށްގެން މި ތަޢާރަފު ކުރި އޮފަރ ދިރާގު އެޕްލިކޭޝަން މެދުވެރިކޮށް އެކްޓިވޭޓު ކުރެވޭނެއެވެ. އަދި މި ޕެކޭޖުގެ މުއްދަތަކީ ހަތް ދުވަހެވެ. ޕްރޮމޯޝަން ކުރިއަށްގެންދިއުމަށް ރާވާފައިވަނީ 10 ޖަނަވަރީ 2021 ނިޔަލަށެވެ.

މީގެ އިތުރުން ދިރާގުން ވަނީ ދާދި ފަހުން މޮބައިލް ޕްރީޕެއިޑް ޕެކޭޖްތަކަށް ބޮޑު ބަދަލުތަކެއް ގެނެސް، “ޕްރީޕެއިޑް ކޮމްބޯ ޕްލޭންސް” ތައާރަފުކޮށްފައެވެ.  މި ބަދަލުތަކާއެކު މިހާރު ކަސްޓަމަރުންނަށް ފަސޭހަކަމާއެކު ވޮއިސް އާއި އެސްއެމްއެސް އަދި ޑޭޓާ އެއް ކޮމްބޯ ޕްލޭނަކުން އެކްޓިވޭޓް ކޮށްލެވޭނެ އެވެ. އަދި ހިލޭ “ޕާކްސް” ވެސް މިހާރު ދިރާގު ޕްރީޕެއިޑުން ލިބޭނެ އެވެ. އާ ކޮމްބޯ ޕްލޭންތައް އެކްޓިވޭޓް ކޮށްލުމަށް ދިރާގު އެޕް ނުވަތަ ކީވޯޑް ޖެހުމަށްފަހު 343 އަށް މެސެޖު ކުރުމުން އެކްޓިވޭޓް ވާނެއެވެ.  

ދިރާގުން އަބަދުވެސް މަސައްކަތް ކުރަނީ ކަސްޓަމަރުންނަށް ހެޔޮ އަގެއްގައި ގިނަ ފައިދާތަކެއް ހޯދައިދީ ކަސްޓަމަރުންގެ ޑިޖިޓަލް ތަޖުރިބާ އިތުރަށް ފުރިހަމަ ކުރުމަށެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close