ޚަބަރު

މައްކާ ގުރުއާން މުބާރާތުގައި ރާއްޖެ ތަމްސީލު ކުރާނެ ދަރިވަރުން ހޮވައިފި


މައްކާ ގުރުއާން މުބާރާތުގައި ރާއްޖެ ތަމްސީލު ކުރާނެ ދަރިވަރުން ހޮވައިފި އެވެ.

ނެޝަނަލް ސެންޓާ ފޯ ހޯލީ ގުރުއާން , ގުރުއާނާބެހޭ މަރުކަޒުން ބުނީ “44 ވަނަ ސެޝަން އޮފް ކިންގް އަބްދުލްއަޒީޒު އިންޓާނޭޝަނަލް ކޮމްޕެޓިޝަން ފޯ ދަ މެމޮރައިޒޭޝަން، ރިސައިޓޭޝަން އެންޑް އިންޓާޕްރިޓޭޝަން އޮފް ދަ ހޯލީ ގުރުއާން” މުބާރާތުގައި ދިވެހިރާއްޖެ ތަމްސީލު ކުރުމަށް ނިންމާ ބައިވެރީން ހޮވާފައިވާ ކަމަށެވެ.

މައްކާގައި އޯގަސްޓް 9 އިން 21 އަށް އޮންނަ މުބާރާތު ގައި ރާއްޖެ ތަމްސީލު ކުރާނީ ދެ ބައިވެރިއެކެވެ. އެއީ ޅ. ނައިފަރު މަލާޒް، ޝައަފް ހާމިދު އިބްރާހިމާއި އައްޑޫ ސިޓީ ހިތަދޫ ކެކުރިގޭ، އަރީކް ހާދީ މުހައްމަދެވެ.

ޝައަފު ވާދަކުރާނީ މުޅި ގުރުއާން އެއްކޮށް ތަޖުވީދު މަގުން ހިތުން ކިޔެވުމުގެ ބައިގަ އެވެ. މިއީ އަމީނިއްޔާ ސުކޫލު ގުރޭޑް އަށެއްގެ ދަރިވަރެކެވެ.

އަރީކު ވާދަކުރާނީ ވިދިވިދިގެން ތަރުތީބުން 15 ފޮތް ތަޖުވީދު މަގުން ހިތުން ކިޔެވުމުގެ ބައިގަ އެވެ. އަރީކީ އައްޑޫ ސިޓީ ހިތަދޫގައި ހުންނަ ހިރާ ސުކޫލުގެ ގުރޭޑް ނުވައެއްގައި ކިޔަވުންދާ ދަރިވަރެކެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close