ދީން

އަމަން އަމާންކަމާއި ހިދާޔަތު ލިބި ދެދުނިޔޭގެ ބާއްޖަވެރިކަން ލިބިދޭނީ ތައުހީދުން: ޚުޠުބާ

ތައުހީދުން އަމަން އަމާންކަމާއި ހިދާޔަތު ލިބި ދެދުނިޔޭގެ ބާއްޖަވެރިކަން ލިބިދޭ ކަމަށް ހުކުރު ޚުތުބާގައި ބުނެފިއެވެ.

”ނަބަވީ ސުންނަތާއި ތައުޙީދު” މިމައުޟޫއަށް ރާއްޖޭގެ އެކިކަންކޮޅުތަކަށް އިއްވި ޚުތުބާގައި ބުނީ އިސްލާމް ދީނުގެ އަސާސަކީ ތައުޙީދު ކަމަށާއި، އަދި މިދީނަކީ އަޒީޒުވަންތަ ޙަކީމުވަންތަ ރަސްކަލާނގެ، އެކަލާނގެ އަޅުތަކުންނަށް ޝަރުއު ކުރައްވާފައިވާ ހަމައެކަނި ދީން ކަމަށެވެ. ކީރިތި ރަސޫލާمُحَمَّدُ رَسُوْلُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَމައްކާގައި ތޭރަ އަހަރު ހޭދަ ކުރެއްވީ، މިދީނުގެ އަސާސް ކަމުގައިވާ ތައުހީދަށް ގޮވައިލެއްވުމުގައެވެ.

ޚުތުބާގައި ބުނީ މާތް الله އެއްކައުވަންތަ ކުރުމަކީ އެންމެ މަތިވެރި އަދި އެންމެ މާތް އަސްލު ކަމަށާއި، އެކަލާނގެ ރަސޫލުން ފޮނުއްވައި ފޮތްތައް ބާވައިލެއްވީ އެކަން ހާސިލްކޮށް ދެއްވުމަށް ކަމަށެވެ. ތައުހީދުގެ ސަބަބުން އަމަން އަމާންކަމާއި ހިދާޔަތު ލިބި ދެދުނިޔޭގެ ބާއްޖަވެރިކަން ލިބިދޭ ކަމަށާއި، ކީރިތި ރަސޫލާمُحَمَّدُ رَسُوْلُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَތައުހީދަށް ވަރަށް ބޮޑު ސަމާލުކަމެއް ދެއްވި ކަމަށެވެ. އަދި އެންމެ ފުރިހަމަ ގޮތުގައި ތައުހީދުގެ ހުރިހާ ބައިތަކެއް ހިމާޔަތް ކުރެއްވިކަން ޚުތުބާގައި ފާހަގަކޮށްފައިވެއެވެ.

އެކަލޭގެފާނުގެ ދައުވަތުގެ ފުރަތަމަ ޝިއާރަކީ މާތް الله އެއްކައުވަންތަ ކުރުމެވެ. އެކަލާނގެ އިންސީންނާއި ޖިންނީން ހައްދަވާފައިވަނީ އެކަލާނގެ އެއްކައުވަންތަކޮށް ހަމައެކަނި އެކަލާނގެއަށް އަޅުކަން ކުރުމަށް ކަމަށް ޚުތުބާގައި ބުނެފައިވެއެވެ.

އުޑާއި ބިން އުފެއްދެވުމާއި، ރޭގަނޑާއި ދުވާލު ތަފާތު ކުރެއްވުމާއި، ގަސްގަހާގެއްސާއި މޭވާތަކާއި، އިންސާނުންނާއި ޖަނަވާރުތައް ޚަލްޤު ކުރެއްވުން، ދަލީލު ކޮށްދެނީ އެތަކެތި ހެއްދެވި ފަރާތެއް ވާކަމެވެ. މަޚްލޫޤުން ތަފާތުވުމާއި، އެތަކެތި ކިޔަމަންކުރައްވާފައިވާ ގޮތާއި އުފެއްދެވުމުގެ ފުރިހަމަކަން ދަލީލުކޮށްދެނީ ޚަލްޤުތަކުން ޚަލްޤު ކުރެއްވި ޚާލިޤަކު ވާކަމެވެ. އަދި ކޮންމެ ޞޫރައެއްގެ ފަހަތުގައި އެ ޞޫރަ ކުރި ފަރާތެއްވާނެކަމެވެ. މާތް الله ވަޙީ ކުރައްވާފައި ވެއެވެ. މާނައީ:” އެކަލާނގެއީ، الله އެވެ. ހުރިހާ އެއްޗެއް ހައްދަވާ ރަސްކަލާނގެއެވެ. ހުރިހާ އެއްޗެއް އުފައްދަވާ ރަސްކަލާނގެއެވެ. ޞޫރަކުރައްވާ ރަސްކަލާނގެއެވެ. އެންމެހާ ރިވެތި ނަންފުޅުތައް މިލްކުވެ ވޮޑިގެންވަނީ، އެކަލާނގެއަށެވެ
ހުކުުރު ޚުތުބާ
އެންމެ މަތިވެރި ކަލިމައަކީ “لَا إِلَـٰهَ إِلَّا اللهُ” އެވެ. ދީނާއި މިއްލަތުގެ އަޞްލަކީ އެއީއެވެ. އަދި ރަސޫލު ބޭކަލުން، އެބޭކަލުންގެ ގައުމުތަކަށް ރިސާލަތު ފެއްޓެވީ އެ މަތިވެރި ކަލިމައިން ކަމަށް ޚުތުބާގައި ފާހަގަކޮށްފައިވެއެވެ. އަދި ނަބަވީ ސުންނަތުގައި އަޅުތަކުން މާތް ﷲ سُبْحَانَهُ وَتَعَالَى އަށް އަދާކުރަންޖެހޭ ހައްގާއި އަޅުތަކުންނަށް އެކަލާނގެ ދެއްވާނެ ހައްގު ބަޔާން ކުރައްވާފައިވެއެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close