ޚަބަރު

ރައީސްގެ އިތުބާރުނެތްކަމުގެ ވޯޓު ނަގަން އެމްޑީޕީން ނިންމައިފި

ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު މަޤާމުން އަޒުލުކުރުމަށް އިދިކޮޅު އެމްޑީޕީން ނިންމައިފިއެވެ.

ރައީސްގެ އިތުބާރު ނެތްކަމުގެ މައަސަލަ ވައްދަން އެމްޑީޕީން ފާސްކޮށްފައިވާއިރު، ސަރުކާރުގެ ވަޒީރުންނަށް ރުހުންދިނުމަށް ދައުރުގެ މެދުން ބާއްވާ މަޖިލިސް ޖަލްސާއަށް ހުރަސްއަޅާނަމަ ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު ކެޕްޓަން ރިޓަޔާޑް އަލީ އިހުސާނާއި ދިފާއީ ވަޒީރު މުޙައްމަދު ޣައްސާން މައުމޫނަށް ރުހުންނުދިނުމަށްވެސް އެމްޑީޕީން ވަނީ ނިންމާފައެވެ.

ޣައްސާނާއި އިހުސާނަށް ރުހުން ނުދޭން ނިންމުމާއެކު ރައީސުލްޖުމްހޫރިއްޔާ އަޒުލުކުރުމަށް ބޭނުންވާ ސޮއިހަމަކޮށްފައިވާކަމަށް ރައްޔިތުންގެ މަޖިލީހުގެ އަޣުލަބިއްޔަތު އޮތް އެމްޑީޕީން ބުނެފައިވާއިރު، އެ މަސައްކަތްކުރަނީ އެމްޑީޕީއާއި އެ ޕާާޓީން ވަކިވެވަޑައިގެންނެވި މެންބަރުން އުފެއްދެވި ދަ ޑިމޮކްރެޓްސް ޕާޓީ އެކުވެގެންނެވެ.

އެ ދެ ޕާޓީންވަނީ ވަޒީރުންގެ ތެރެއިން ބައެއް ބޭފުޅުންނަށް ރުހުންނުދިނުމަށް ނިންމާފައެވެ. އަދި އެ ބޭފުޅުންނަށް ރުހުންނުދޭން ނިންމި ސަބަބުތަކެއް މިހާތަނަށް އެ ދެ ޕާޓީންވެސް ހާމަކޮށްފައިނުވާއިރު، އިއްޔެ ވަޒީރުންނަށް ރުހުންދިނުމަށް ބޭއްވުމަށް ތާވަލުކުރި ޖަލްސާ އިއްޔެއާއި ރޭގައިވެސް ކުރިއަށްނުގެންދެވުނެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close