ސްޓެލްކޯ އަށް އާ ޗެއާރމަނަކު އައްޔަންކޮށްފި

ސްޓެލްކޯގެ ޗެއާމަންގެ މަގާމުގައި ހުންނެވި ކުރީގެ ބްރިގޭޑިއާ ޖެނެރަލް އިބްރާހިމް މުހައްމަދު ދީދީ ޑިސެމްބަރު ހަތަރު ވަނަ ދުވަހު މަގާމުން އިސްތިއުފާ ދވާތީ އެ މަޤާމަށް އެ ކުންފުނީގެ ކުރީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު ކަމުގެ މަގާމުގައި ހުންނެވި މުހައްމަދު ލަތީފު އައްޔަންކޮށްފިއެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ސްޓެލްކޯގެ ޗެއާމަންގެ މަޤަމަށް މި ހަމަޖެއްސެވި ލަތީފްއަކީ ސްޓެލްކޯގައި 34 އަހަރުވަންދެން ހިދުމަތްކުރައްވާފައިވާ ބޭފުޅެކެވެ. އެގޮތުން އޭނާ ވަނީ ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރުކަމާއި ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުކަމުގެ މަގާމުވެސް ފުރުއްވާފައެވެ.
ސްޓެލްކޯގެ ޗެއާމަންކަމުގެ މަޤާމުގެ އިތުރުން މި ސަރުކާރުގައި ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރުކަން ވެސް ރައީސް ޑރ. މުހައްމަދު މުއިއްޒު ދެއްވީ އެ ކުންފުނީގައި މިހާތަނަށް 25 އަހަރު ހޭދަކުރައްވައި ބޮޑެތި ތަޖުރިބާތަކެއް ހޯއްދަވާފައިވާ ހުސައިން ފަހުމީއަށެވެ. އަދި އޭނާގެ ދަށުން އެންމެ އިސްކޮށް މަސައްކަތްކުރަން ދެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުން ވެސް އައްޔަން ކުރެއްވީ ސްޓެލްކޯގެ ތެރެއިންނެވެ.



