ޚަބަރު

ހިލޭ ގޯތި ބަހާތީ ކަމަށްބުނެ ފްލެޓްވެރިންގެ ހިތްހަމަ ނުޖެހުން ސަރުކާރަށް، ކުލި ނުދެއްކުމަށް މަޝްވަރާ ފަށައިފި


މާލޭ މީހުންނަށް ހުޅުމާލެ އާއި މާލޭ ސަރަހައްދުން ހިލޭ ގޯތި ބަހަން ސަރުކާރުން ނިންމުމާ ގުޅިގެން ހުރިހާ ސޯޝަލް ހައުސިންތަކެއްގެ ކުލި ދެއްކުން ހުއްޓާލުމާބެހޭ މަޝްވަރާތަކެއް ފަށައިފިއެވެ.

މިމަޝްވަރާތައް ފަށާފައި ވަނީ ގެދޮރުގެ މައްސަލަތަކާއި ހިޔާ ފްލެޓްތަކުގެ ހުރި ކަންބޮޑުވުންތަކާއި ގުޅިގެން މީގެ ކުރިން ވެސް އެކި ހަރަކާތްތައް ހިންގި ދަ ކޮމަނާސް (ކޮތަރު ކޮށި) ޖަމިއްޔާ އިން ހިޔާ ފްލެޓްތަކުގައެވެ.

ޢެ ޖަމްޢިއްޔާ އިން ބުނީ މާލޭ މީހުންނަށް ހިލޭ ގޯތި ބަހަން ސަރުކާރުން ނިންމުމުން ހުރިހާ ސޯޝަލް ހައުސިންއެއްގެ ކުލި ދެއްކުން ހުއްޓާލުމާއި ގުޅޭ ގޮތުން ކާމިޔާބު މަޝްވަރާ ބައްދަލުވުމެއް ހިޔާ ފްލެޓް ސަރަހައްދުގައި ކުރިއަށް ގެންގޮސްފައިވާކަމަށެވެ.

މާލެ ރައްޔިތުންނަށް ގޯތި ދިނުމަށް ސަރުކާރުން ވަނީ ހުޅުމާލެ އިން 17 ބިމެއް 866 މިލިއަން ރުފިޔާއަށް އާބަންކޯ އަތުން ގަނެފައެވެ. އެބިންތަކަށް ސަރުކާރުން ފައިސާ ދެއްކި ނަމަވެސް ގޯތި ލިބޭ އާއްމުން އެއްވެސް ފައިސާއެއް ސަރުކާރަށް ވެސް އަދި އާބަންކޯއަށް ވެސް ދައްކާކަށް ނުޖެހޭނެއެވެ.

ހުޅުމާލެ އާއި އަދި މާލޭ ސަރަހައްދުގެ ބިމަކީ އަގު ބޮޑު ބިމަކަށް ވާއިރު ހިލޭ އެބިންތައް ބަހާލުމުން އެއްވެސް ފްލެޓެއްގެ ކުލި ދައްކަން ޖެހުން އެއީ ހަމަހަމަ އުސޫލެއް ނޫން ކަމަށް އެފަރާތުން ހާމަކުރެއެވެ.

ޢެ ޖަމްޢިއްޔާއިން ބުނީ ހިޔާ ފްލެޓްތަކުގެ ކުލި ދެއްކުން ހުއްޓާލުމާއި ގުޅޭ ގޮތުން އެޖަމިއްޔާގެ ނިންމުން ހުރިހާ ފަރާތްތަކަކާއިއެކު މަޝްވަރާ ކުރުމަށްފަހު ވަރަށް އަވަހަށް އިއުލާން ކުރާނެ ކަމަށެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close