ޚަބަރު

ބުޅަލަށް ސައިކަލް އަރައި އެކްސިޑެންޓްވިމީހާ މާލެ ގެނެސް އައިސީޔޫގައި ފަރުވާދެނީ

މަގުމަތިން ހުރަސްކުރި ބުޅަލަކަށް ސައިކަލް އަރައި އެކްސިޑެންޓްވިމީހާ އިތުރުފަރުވާއަށް މާލެ ގެނެސް އައިސީޔޫގައި ފަރުވާދެމުން އެބަދެއެވެ.


ހޯމަ ދުވަހުގެ ރޭ ހިނގި އެ އެކްސިޑެންޓު ހިނގަން މެދުވެރިވީ އޭނާ ސައިކަލުގައި ދުއްވައިފައި ދަނިކޮށް މަގުމަތިން ހުރަސްކޮށްލި ބުޅަލަކަށް އެރި ވެއްޓިގެންނެވެ. އެ ބުޅާ މަރުވެފައިވާ ކަމަށް ވެސް މައުލޫމާތު ލިބެއެވެ.

އެކްސިޑެންޓުވީ މީހާއަކީ ގދ. ވާދޫއަށް ނިސްބަތްވާ އަންހެނެކެވެ. އޭނާ އިއްޔެގެ ވަގުތެއްގައި މާލެ ގެނެސް އައިޖީއެމްއެޗްގެ އައިސީޔޫގައި ފަރުވާދެމުން ދާއިރު، އަދިވެސް އޭނާގެ ހާލު ސީރިއަސް ކަމަށް މައުލޫމާތު ލިބެއެވެ.

އެކްސިޑެންޓުގައި އޭނާގެ މޫނަށާއި ބޮލަށް ބޮޑެތި އަނިޔާތަކެއް ވެފައިވާ ކަމަށް ވެސް މައުލޫމާތު ލިބެއެވެ. ފުވައްމުލަކު ދަނޑިމަގު އަވަށުގެ ނައިބުތުއްތު މަގުގައި އޭނާ ދުއްވައިފައި ދިޔައީ ދަރިފުޅު ގޮވައިގެންނެވެ.

އޭނާގެ ދަރިފުޅަށް މާ ބޮޑު އަނިޔާތަކެއް އެކްސިޑެންޓުގައި ވެފައެއް ނުވެއެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close