ޚަބަރު

ރައީސް ސޯލިހަށް އައްޑޫ ރައްޔިތުން ކީ ހީނުކުރާވަރުގެ ހޫނު މަރުޙަބާއެއް!



ރައީސުލްޖުމުހޫރިއްޔާ އިބުރާހިމް މުހައްމަދު ސަލިހު އައްޑޫ އަށް ވަޑައިގަތުމުން އެމަނިކުފާނަށް އައްޑޫގެ ރައްޔިތުން ކީ ހީވެސް ނުކުރާވަރުގެ ހޫނު މަރުޙަބާއެކެވެ. އެމަނިކުފާނު އައްޑުއަށް ވަޑައިގަތުމުން މަރުޙަބާ ދެންނެވުމަށް ނުކުތް ރައްޔިތުންނާ ސަލާމްކުރެއްވުމަށް ގަޑިއިރަކަށްވުރެ ގިނަ ވަގުތު ހޭދަ ކުރެއްވި އިރުވެސް އެންމެންނާ ސަލާމް ނުކުރެއްވުނެވެ. އެހާވެސް ގިނައިން ރައްޔިތުންވަނީ ސަފުހަދާލާފައެވެ.

އައްޑޫ ދަތުރުފުޅުގައި ރޭ އެމަނިކުފާނުވަނީ ރައްޔިތުންނާއެކު ރޭގަޑުގެ ފަރިއްކޮޅެއްގައި ބައިވެރިވެވަޑައިގެންފިއެވެ.

މި ފަރިއްކޮޅުގައި ރައީސް ސާލިހުވަނީ ބައިވެރިންނާއި މުޚާތަބްކޮށް ވާހަކަ ދައްކަވާފައެވެ. ރައީސް ވާހަކަފުޅުގައި ވިދާޅުވީ އައްޑޫއަށް އަންނަމުންދާ ތަރައްގީއަކީ އައްޑޫގެ ރައްޔިތުން ސަރުކާރަށް ކުރި އިތުބާރުގެ ނަތީޖާ ކަމުގައި ވިދާޅުވިއެވެ.

އަދި ރައީސް ވިދާޅުވީ މި ސަރުކާރުން އައްޑޫގެ ރައްޔިތުނަނަށް ވީ ވައުދު ފުއްދެމުންދާ ކަމުގައި ވިދާޅުވެފައެވެ. ރައީސް ވިދާޅުވީ ރާއްޖޭގެ ރަށްރަށުގައި އަސާސީ ޚިދުމަތްތައް ގާއިމް ކުރުމަށް މީގެ ކުރީގެ އެއްވެސް ސަރުކާރަކުން ކޮށްފައި ނުވާހާ ގިނަ ކަންކަން މި ސަރުކާރުން ކުރިޔަށް ގެންގޮސްފައިވާކަމަށް ވިދާޅުވެފައެވެ. އެގޮތުން މިހުރިހާ މަޝްރޫޢުތަކެއް ނިމިގެންދާއިރު، އަސާސީ ޚިދުމަތްތައް ގާއިމް ކުރުމަށް ޖެހިފައި އޮންނާނީ މަދު ރަށްތަކެއްގައި ކަމުގައިކަންވެސް ރައީސް ސާލިހު ފާހަގަ ކުރެއްވިއެވެ.

ރައީސް ސާލިހުގެ ވާހަކަ ފުޅުގައި ފާހަގަ ކުރެއްވީ، މިދައުރުގައި އެމަނިކްފާނު ރާއްޖޭގެ ހަމަޖެހުމަށް ވަރަށްބޮޑު އިސްކަމެއް ދެއްވިކަމަށް ވިދާޅުވިއެވެ. އަދި ކުރިޔަށް އޮތް ތަނުގައިވެސް އެހަމަޖެހުން ދެމެހެއްޓުމުގެ އިތުރުން ޖިންސުގެ ހަމަހަމަކަން ގާއިމް ކުރެއްވުމަށް ވަރަށްބޮޑު އިސްކަމެއް ދެއްވާނެ ކަމުގައި ވިދާޅުވިއެވެ.

ރައީސް އައްޑުއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅަކީ އައްޑޫ ބިން ހިއްކުމުގެ މަޝްރޫޢުގެ އިތުރުން އައްޑޫ އެއަރޕޯޓު މަޝްރޫއު ފައްޓަވާ ދެއްވުމަށް ކުރަމުންވަމުން ގެންދަވާ ދަތުރުފުޅެކެވެ. މިދަތުރުފުޅުގައި ރައީސްގެ އަރިހުގައި ސަރުކާރުގެ މަތީ ފަންތީގެ ވަފުދެއްވެސް ދަނީ ބައިވެރިވަމުންނެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close