ޚަބަރު

މީރާގެ އޮފީސްވެސް މިއަދާ މާދަމާ ބަންދު

ކޯވިޑް19 ފެތުރުން ހުއްޓުވުމުގެ ގޮތުން ސަރުކާރު އޮފީސްތައް މި ހަފްތާގައި ބަންދުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމެވުމާއި ގުޅިގެން މިއަދާއި މާދަމާ މީރާގެ އޮފީސްވެސް ބަންދުވާނެކަމަށް އެ އިދާރާއިން ބުނެފިއެވެ.

 

މީރާއިން ބުނީ މިއަދާއި މާދަމާ މީރާގެ ކައުންޓަރުތައް ބަންދުވިނަމަވެސް އެ އިދާރާއަށް ދައްކަންޖެހޭ އެންމެހާ ޓެކުހާއި ފީތައް މީރާގެ އޮންލައިން ޙިދުމަތް ވާރުޕޭ އަދި މީރާކަނެކްޓް މެދުވެރިކޮށް ދެއްކޭނެ އިންތިޒާމް ހަމަޖެހިފައިވާކަމަށެވެ.

 

މީރާއިން ފޯރުކޮށްދޭ ހުރިހާ ޙިދުމަތެއްވެސް މިހާރު އޮންލައިންކޮށް ލިބޭނެ އިންތިޒާމް އެ އިދާރާއިން ވަނީ ހަމަޖައްސައިދީފައެވެ. އަދި މީރާގެ ކައުންޓަރުތައް މި 2 ދުވަހު ބަންދުވިނަމަވެސް އޮންލައިންކޮށް އެ އިދާރާގެ ޙިދުމަތްތައް ހޯދުމަށް ޓެކްސް ދައްކާ ފަރާތްތަކުގެ ކިބައިން މީރާއިން ވަނީ އެދިފައެވެ.

 

ސަރުކާރު ބަންދުވިނަމަވެސް 3 ޓެކުހެއްގެ ސުންގަޑި ހަމަވާތީ އިއްޔެ ވަނީ މީރާގެ ކައުންޓަރުތައް ހުޅުވައި ޓެކްސް ދައްކާ ފަރާތްތަކަށް ޙިދުމަތްދީފައެވެ. ސުންގަޑި ހަމަވެފައިވާ 3 ޓެކުހަކީ ޖޫންމަހުގެ ގްރީން ޓެކްސްއާއި، ޖޫންމަހާއި މިއަހަރުގެ 2 ވަނަ ކުއަރޓަރުގެ ޖީއެސްޓީއާއި، 2019 ވަނަ އަހަރުގެ ބޭންކު ޕްރޮފިޓް ޓެކްސްއެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close