ޚަބަރު

ހަރުގެ އަތުލުން ހުއްޓުވުމުގެ ވަގުތީ އަމުރެއް ނުދިން

އާޓިފިޝަލް ބީޗް ކައިރީގައި ހުންނަ އެމްޑީޕީގެ މައި މަރުކަޒު ހިފެހެއްޓުން ހުއްޓުވުމަށް ވަގުތީ އަމުރެއް ނެރެވޭކަށް ނެތް ކަމަށް ސިވިލް ކޯޓުން މިއަދު ނިންމައިފި އެވެ.

މިދިޔަ މަހު ސަރުކާރު ހިންގާ އެމްޑީޕީގެ މައި މަރުކަޒު ހުންނަ އިމާރާތުގެ ވެރިފަރާތަށް ވަނީ އެތަން ހުސްކުރުމަށް އަންގާފައެވެ. އެމްޑީޕީން ސިވިލް ކޯޓަށް މައްސަލަ ހުށަހަޅާފައިވާއިރު، އެ މައްސަލަ ނިމެންދެން އެ އިމާރާތް ހިފެހެއްޓުން މެދުކަނޑާލުމަށް ވަގުތީ އަމުރެއް ނެރުމަށް މިއަދު ވަނީ އެދިފައެވެ. ނަމަވެސް އެ ކޯޓުން ކަނޑައެޅީ އެމްޑީޕީގައި ހިމާޔަތް ހޯދުމަށް މައުޟޫއީ ހައްގެއް ނުވަތަ ގާނޫނީ އަސާސެއް ނެތް ކަމަށެވެ.

އެމްޑީޕީން މިހާރު ދައުވާ ކުރަނީ ޖުލައި މަހުގެ ނިޔަލަށް އެ އިމާރާތް ބޭނުން ކުރުމުގެ ހައްގު އެމްޑީޕީއަށް އޮތްތޯ ކަށަވަރު ކުރުމަށެވެ.

ގުޅުންހުރި ލިޔުންތައް

އިއްޔެ އެ އިމާރާތުގެ ވެރިފަރާތުގެ ހުއްދައާ އެކު ވެރިކަން ކުރާ އެމްޑީޕީގެ މައި މަރުކަޒު ކުރީގެ ރައީސް މުހައްމަދު ނަޝީދު ގާއިމް ކުރަން މަސައްކަތް ކުރައްވަމުން ގެންދަވާ ދަ ޑިމޮކްރެޓްސްގެ މައި އޮފީހަށް ބަދަލު ކުރުމުގެ މަސައްކަތް ފެށިއްޖެ އެވެ. އެމްޑީޕީ ހަރުގޭގެ އެކި ޕޯސްޓަރުތައް ނަގައި، ރީނދޫ ކުލަ ބަދަލުކޮށް މަޑު ނޫކުލައެއް ޖަހާފައިވެ އެވެ.

އެމްޑީޕީގެ މާލޭގެ މައި ހޯލުގެ ތަޅު ފަޅާލައިގެން ޕާޓީގެ މުދާ ހިފުމުގެ މައްސަލަ އެމްޑީޕީން ހަރުކަށި އިބާރާތުން ކުށްވެރިކުރެ އެވެ. އެ ޕާޓީން ވަނީ އެ އިމާރާތުގެ ވެރިފަރާތާ އެކު ހަދާފައިވާ އެއްބަސްވުމެއްގެ ދަށުން ސިޔާސީ ހަރަކާތްތަކަށް އެ ހޯލް ބޭނުން ކުރަމުން އަންނަ ކަމަށް ބުނެފައެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close