ޚަބަރު

އަލް ޙުޖުރާތު ސޫރަތުގެ 11 ވަނަ އާޔަތް ބައްލަވާ: މައުމޫން


މުއުމިނުން އެއްބަޔަކު އަނެއް ބަޔަކަށް ހުތުރު ލަގަބުތަކުން ގޮވުމަކީ ނަހީ ކުރައްވާފައިވާކަމެއް ކަމަށާއި އަލް ޙުޖުރާތު ސޫރަތުގެ 11 ވަނަ އާޔަތް ބެއްލެވުމަށް ކުރީގެ ރައީސް މައުމޫން ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދު މަޖިލިސް ރިޔާސަތުގައި އިންނަވައިގެން، ރައީސް ސާލިހަށް ހުތުރު ވަނަންތަކުން މުޚާތަބު ކުރުމަށް ހިތްވަރު ދެއްވާފައިވަނިކޮށް، ރައީސް މައުމޫނު މިހެން ވިދާޅުވީ މިއަދު ކުރެއްވި ޓުވީޓެއްގައެވެ.

ދާދިފަހުން ރައްޔިތުންގެ މަޖިލިހުގެ ރިޔާސަތުގައި ވާހަކަ ދައްކަވަމުން، ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެފައިވަނީ، ރާއްޖޭގެ ކުރީގެ ވެރީންނަށްވެސް ރައްޔިތުންގެ މަޖިލިހުގެ ތަޅުމުގައި ވަނަމުން ގޮވާ، އެ ވެރީންގެ އަބުރަށްވެސް އަރައިގެންފައިވާ ކަމަށާއި، އެހެންކަމުން މިހާރުގެ ރައީސް އިބުރާހިމް މުހައްމަދު ސަލިހަށްވެސް ވަނަމުން ގޮވާ، އަދި އެމަނިކުފަނުގެ އަބުރުވެސް ރައްޔިތުންގެ މަޖިލިހުގެ ތަޅުމުގައި ކަތިލުމުގެ ހައްގު އޮންނާން ޖެހޭނެ ކަމުގައެވެ.

މިމޭރުމުން ވާހަކަ ދައްކަވަމުން ނަޝީދު އިތުރަށް ވިދާޅުވެފައިވަނީ، ރައީސް ސާލިހަށް ނިސްބަތްކޮށް ރައްޔިތުންގެ މަޖިލިހުގެ ތަޅުމުގައި ވަނަމުން ގޮވާ ގޮވުން ހުއްޓުވަން މަސައްކަތް ކޮށްފިނަމަ އެއީ ޑިމޮކްރަސީއަށް އެޅޭ ހުރަހެއް ކަމަށާއި، އެކަން އެބީދައިން ކޮށްފިނަމަ އެއީ ފަހަތަށް އެޅިގެންދާ ފިޔަވަޅެއް ކަމުގައިވެސްމެއެވެ.

ހަމަ އެއާއެކު، ނަޝީދު ވާހަކައަށް ތާއީދުކޮށް، ރައްޔިތުންގެ މަޖިލިހުގެ ނާއިބު ރައީސާ އީވާ ވިދާޅުވެފައިވަނީ، ރައީސް މައުމޫނަށް އޭރު ވަނަމުން ގޮވީ ސިޔާސީ އުކުޅެއްގެ ގޮތުގައި ކަމަށާއި، އޭގެ ސަބަބުން “ސެހެންޝާހެއް” ފަދަ ވެރިކަމެއް ވެއްޓިގެން ދިޔަ ކަމުގައެވެ.

އެހެންމަވަސް މަޖިލިސް ފްލޯގައި ބޭއަދަބީ ވާހަކަ ދައްކާ، އަނެއްކުންނަށް ހުތުރު ވަނަންތަކުން ގޮވުމަށް ހިތްވަރުދީ ނަޝީދުއާއި އުވާ ވާހަކަ ދެއްކުމާއި ގުޅިގެން އެ ދެބޭފުޅުންނަށްވެސް ވަނީ ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެފައެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close