ކަނޑަށް ފައްތާފައި ހުއްޓައި ފެނުނީ 45 ކިލޯގެ ހެރޮއިން: ފުލުހުން

ފ. އަތޮޅު ފިލިތެޔި ކައިރިން ކަނދަށް ފައްތާފައި ހުއްޓައި ފެނުނީ މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ހެރޮއިންކަމަށް ފުލުހުން ބުނެފިއެވެ.
ފިލިތެޔޮ ކައިރިން ކަނޑުގެ ސަރަހައްދުގައި، މަސްތުވާތަކެތި ފޮރުވާފައި ހުރިކަމަށް ލިބުނު މައުލޫމާތާއި ގުޅިގެން ފުލުހުން އެސަރަހައްދު ބެލުމުގެ ބޮޑު އޮޕަރޭޝަނެއް ފަށާފައި ވަނީ މިމަހުގެ 18 ވަނަ ދުވަހުއެވެ. އެއޮޕަރޭޝަން ނިންމާލިކަން ހާމަކޮށް އިއްޔެ ފުލުހުން މީޑިއާތަކަށް ފޮނުވި މެސެޖުގައި ބުނެފައި ވަނީ އެސަރަހައްދުން 45 ކިލޯގެ ހެރޮއިން ކަނޑުއަޑިއަށް ފައްތާފައި ހުއްޓައި ހޯދުނު ކަމަށެވެ.
މިމައްސަލައާ ގުޅިގެން އަދި މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާކަމުގައި ފުލުހުންގެ އިދާރާއިން ވަނީ ބުނެފައެެވެ.

