ޚަބަރު

ރިޔާސީ އިންތިޚާބުގައި ގާސިމް ވާދަކުރަން ނިންމަވައިފި


ވެރިކަން ކުރާ ކޯލިޝަންގައި ހިމެނޭ ޕާޓީތަކުގެ ތެރެއިން ދެވަނައަށް އެންމެ ބޮޑު ހިއްސާއޮތް ޖުމްހޫރީ ޕާޓީން ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ވާދަކުރަން ނިންމައިފިއެވެ. އެ ޕާޓީގެ ޤަވާޢިދު ބުނާގޮތުން އެ ރިޔާސީ އިންތިޚާބުގައި ނުކުންނަވަން ޖެހިވަޑައިގަންނަވާނީ ލީޑަރު ޤާސިމް އިބްރާހިމް އެވެ.

ޖޭޕީން ވަނީ މީގެ ކުރިންވެސް އެޕާޓީން ވާދަ ކުރާނެކަމަށް ވިދާޅުވެފައެވެ. ޖޭޕީން އިންތިޚާބުގައި ވާދަކުރާނެކަން ހާމަކޮށްފައި މިވަނީ ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި މިހާރު އޮތް ކޯލިޝަންގެ ތެރެއިން ވެރިކަމަށް ކުރިމަތި ލައްވާނެކަން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ހާމަ ކުރެއްވުމާއި ގުޅިގެންނެވެ.

ޖުމްހޫރީ ޕާޓީގެ ތަރުޖަމާނު ބައެއް މީޑިއާތަކަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ މިހާތަނަށް ކޯލިޝަން ދެމެހެއްޓުމުގައި ނަމޫނާ ދެއްކެވިކަމަށެވެ. ނަމަވެސް ވެރިކަމަށް ކުރިމަތި ލެއްވުމާއިމެދު މިހާތަނަށް ރައީސާއި މަޝްވަރާ ކުރެވިފައި ނުވާކަމަށެވެ. އަދި އެފަދަ ދައުވަތެއްވެސް އެޕާޓީއަށް ލިބިފައި ނުވާކަމަށެވެ. ޖުމްހޫރީ ޕާޓީގެ ކައުންސިލުން ނިންމާފައިވަނީ އެޕާޓީގެ ޓިކެޓްގައި މިފަހަރު ރިޔާސީ އިންތިޚާބުގައި ވާދަ ކުރުމަށް ކަމަށް ތަރުޖަމާނު ވަނީ ވިދާޅުވެފައެވެ.

އޭނާ ވިދާޅުވީ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަކުރަން ޖުމްހޫރީ ޕާޓީން މާކުރިންވެސް ނިންމާފައިވާ ކަމަށެވެ. އެ ނިންމުމަށް އަދި އެއްވެސް ބަދަލެއް ގެނައުމަށް ޕާޓީގެ ކައުންސިލުން އަދި ނިންމާފައި ނުވާ ކަމުގައިވެސް ވިދާޅުވިއެވެ. ޖުމްހޫރީ ޕާޓީގެ އަސާސީ ގަވައިދުގައިވާ ގޮތުން އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓަކީ އެ ވަގުތު ޕާޓީގެ ލީޑަރަކަށް ހުންނަވާ ބޭފުޅެކެވެ. ޖުމްހޫރީ ޕާޓީގެ ލީޑަރަކަށް ހުންނެވީ ރިޔާސީ އިންތިހާބުގައި ކުރިން ދެ ފަހަރަށް ވާދަކުރައްވާފައިވާ މާމިގިލި ދާއިރާގެ މެންބަރު ގާސިމް އިބްރާހީމްއެވެ.

ގިނަ ޕާޓީ އެކުލެވޭ ރިޔާސީ ނިޒާމެއް ރާއްޖޭގައި ޤާއިމުވީފަހުން މިހާތަނަށް އުފެދުނު ކޮންމެ ސަރުކާރެއްވެސް ވެރިކަމަށް އައީ ކޯލިޝަންގެ ތެރެއިންނެވެ. އެހެންނަމަވެސް ކޯލިޝަނުގެ ވެރިކަން ދެމެހެއްޓުން މީހެކުރީގެ ސަރުކާރުތަކަށްވީ ވަރަށް ދަތިކަމަކަށެވެ. ވެރިކަމުގެ ދައުރު ހަމަވުމުގެ މާކުރިން ކޯލިޝަން ރޫޅެއެވެ.

2008 ވަނަ އަހަރު ރައީސް މައުމޫންގެ ވެރިކަން ބަދަލުކުރުމަށް ރައީސް ނަޝިދާއިއެކު އޭރުގެ އިދިކޮޅު ކޯލިޝަނުން އުފެއްދި ވެރިކަން އެންމެ 21 ދުވަހުގެތެރޭގައި ވަނީ ރޫޅިފައެވެ. ރައީސް ނަޝީދުގެ ވެރިކަމަށްފަހު އިންތިޚާބަކުން ވެރިކަމަށް ވަޑައިގެންނެވި ރައީސް ޔާމީންގެ ކޯލިޝަންވެސް ވަނީ މަދު ދުވަސްކޮޅެއްގެ ތެރޭގައި ރޫޅިފައެވެ.

ކޯލިޝަންގެ ތަޖުރިިބާ މާޒީގައި ހިތިކޮށް ފެނުނު ކަމުގައި ވީނަމަވެސް ރައީސް އިބްރާހީމް މުޙައްމަދު ޞާލިހު ގެންދަވަނީ ކޯލިޝަންގެ ވެރިކަން ކާމިޔާބުކަމާއެކު ހިންގެވިދާނެކަން ސާބިތު ކޮށްދެއްވަމުންނެވެ. އެމަނިކުފާނުގެ ވެރިކަމަށް ދެ އަހަރު ވެފައިވާއިރު ކޯލިޝަން އޮތީ އޮތްގޮތަށް ބަދަހިކަމާއެކުއެވެ. މިއަދު ގިނަބަޔަކު ދަނީ އިންތިޚާބުދުވަހުގެ ފޮޓޯތަކާއި ވީޑިޔޯތަކާއި ހަނދާންތައް ސޯޝަލް މީޑިޔާގައި ހިއްސާކުރަމުންނެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close