ޚަބަރު

ފޭދޫ ޓްރެކުގައި 6 އަހަރުގެ ކުއްޖަކު ގެނބިގެން ނިޔާވެއްޖެ

އައްޑޫ ސިޓީ ފޭދޫ ޓްރެކުގައި 6 އަހަރުގެ ކުއްޖަކު ގެނބިގެން އިތުރު ފަރުވާ ދެމުން ދަނިކޮށް ނިޔާވެއްޖެއެވެ.

ފުލުހުން ވިދާޅުވީ އައްޑޫ ސިޓީ ފޭދޫ ޓްރެކް ސަރަހައްދުގައި ހުރި ރެސްޓޯރެންޓަކަށް ޢާއިލާއާއިއެކު ދިޔަ ކުޑަކުއްޖެއް ގެއްލިގެން ހޯދަމުން ދަނިކޮށް މޫދުތެރޭ އޮތް ކަމަށް މިއަދު 17:50 ހާއިރު، ފުލުހުންނަށް މައުލޫމާތު ލިބިފައިވާކަމަށެވެ.

އެކުއްޖާ މޫދުން ނަގައިގެން ފޭދޫ ސިއްޚީ މަރުކަޒަށް ގެންގޮސް ފަރުވާ ދިނުމަށްފަހު އިތުރު ފަރުވާއަށް އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނިކޮށް ނިޔާވެފައިވާކަމަށް ހޮސްޕިޓަލުން މައުލޫމާތު ދީފައިވާކަމަށް ފުލުހުން ވިދާޅުވިއެވެ. ނިޔާވެފައިވަނީ އުމުރުން 6 އަހަރުގެ ފިރިހެން ކުއްޖެކެވެ.

ނިޔާވީ އެރަށަށް ނިސްބަތްވާ ކުއްޖެއް ކަމަށް މައުލޫމާތު ލިބެއެވެ.

މިހާދިސާއާއި ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުންދާކަމަށް ފުލުހުން ވިދާޅުވިއެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close