ޚަބަރު

“ދަ ކެރެލާ ސްޓޯރީ”ގެ ޓްރެއިލާ: ކެރެލާގެ ޒުވާން އަންހެންކުދިންގެ ހައިރާންކުރުވަނިވި ވާހަކަތަކެއް؟

މިދިޔަ އޭޕްރީލް މަހުގެ 26 ވަނަ ދުވަހު ރިލީޒްކުރި ކެރެލާ ސްޓޯރީގެ ޓްރެއިލާއާ ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުންވަނީ އަމާޒުވެފަ އެވެ. ވިޕުލް އަމްރުތުލާލް ޝާހުގެ މި ފިލްމަކީ އިންޑިއާގެ ކެރެލާ ސްޓޭޓްގެ ޒުވާން އަންހެން ކުދިންނަށް އޮޅުވާލައި ސީރިއާގެ ހަނގުރާމަވެރި ސަރަހައްދުގައި އޮންނަ އިސްލާމިކް ސްޓޭޓް އޮފް އިރާގު އެންޑް ސީރިއާ (އައިއެސް) އަށް ޓްރެފިކް ކުރި ގޮތުގެ ވާހަކަ ކިޔައިދޭ ފިލްމެކެވެ.

ހާއްސަކޮށް 32،000 އަންހެނުން ސީރިއާއަށް ގެންދިއުމަށް އައިސިސް އިން “ލަވް ޖިހާދު” ބޭނުންކުރި ގޮތުގެ ބައެއް މައްސަލަތައް މި ފިލްމުން ދައްކުވައިދެ އެވެ. ޓްރެއިލާއިން ދައްކުވައިދެނީ ހިންދޫ އަދި ކްރިސްޓިއަން އަންހެން ކުދިން ރުއްސުމަށް ފިރިހެނުން ބްރެއިންވޮޝް ކުރި ގޮތެވެ.

“ކެރެލާ ސްޓޯރީ” ރިލީޒްކުރާނީ ކޮން އިރަކުން؟

“ކެރެލާ ސްޓޯރީ” ދުނިޔޭގެ ސިނަމާތަކުގައި މެއި 5، 2023 ގައި ރިލީޒް ކުރާނެ އެވެ.

ކެރެލާ ސްޓޯރީ ކާސްޓާއި ޕްލޮޓާ ބެހޭ ގޮތުން:

އަދާ ޝަރުމާ ލީޑް ރޯލުން ފެނިގެންދާ މި ފިލްމުގައި ފެނިގެންދަނީ ހިންދޫ ނަރުހެއްގެ މައްޗަށް ބިނާކޮށް އިސްލާމްވި މުސްލިމް އަންހެނެއް ކަމަށްވާ ފާތިމާ ބާގެ ރޯލުންނެވެ. މި ފިލްމުގައި ފާތިމާއާއެކު އިތުރު ތިން އަންހެނުންގެ ރޯލުން ފެނިގެންދާނީ ޔޯގިތާ ބިހާނީ، ސޯނިއާ ބާލާނީ އަދި ސިއްދީ އިދްނާނީ އެވެ.

މި ފިލްމަކީ ކެރެލާއިން 32،000 އެއްހާ އަންހެނުން ގެއްލުނު ހިތާމަވެރި ހާދިސާއެއްގެ މައްޗަށް އުފައްދާފައިވާ ފިލްމެކެވެ. މުސްލިމް ފިރިހެނުން އެމީހުންގެ ބްރެއިންވޮޝްކޮށް، އެމީހުން ނާޖާއިޒު ގޮތުގައި ބޭނުންކޮށް، އެމީހުން ކައިވެނިކޮށްގެން އިސްލާމްކޮށް، ހަރުކަށި ފިކުރު ގެނައުމަށް ފަހު، އިންޑިއާ އާއި އިންޑިއާއިން ބޭރުގައި އައިސިސް އަށް ހާއްސަ ޓެރަރިސްޓް މިޝަންތަކުގައި އެމީހުން ހަރަކާތްތެރިވި ކަމަށް މިފިލުމްގައި ތުހުމަތު ކުރެ އެވެ.

ސުދީޕްޓޯ ސެން ޑައިރެކްޓްކޮށްފައިވާ “ދަ ކެރެލާ ސްޓޯރީ” އަކީ ސަންޝައިން ޕިކްޗާސް ޕްރައިވެޓް ލިމިޓެޑަށް ވިޕުލް އަމްރުތުލާލް ޝާހް ޕްރޮޑިއުސްކުރާ ފިލްމެކެވެ.

ކެރެލާ ސްޓޯރީގެ ޓްރެއިލާ ބައްލަވާ ލައްވާ!

އެއް ކޮމެންޓް

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close