ޚަބަރު

އަންނަ ހަފްތާގެ ބުރާސްފަތި ދުވަސް ސަރުކާރު ބަންދު


މި އަހަރުގެ މިނިވަން ދުވަހާ ގުޅިގެން އަންނަ ހަފްތާގެ ބުރާސްފަތި ދުވަސް ސަރުކާރު ބަންދު ދުވަހުގެ ގޮތުގައި ކަނޑައަޅައިފިއެވެ.

ރައީސް އޮފީހުން ވިދާޅުވީ، މި އަހަރުގެ މިނިވަން ދުވަހާ ގުޅިގެން، ކުރިންވެސް ހަމަޖައްސާފައިވާ ގޮތުގެ މަތިން ސަރުކާރު ބަންދުވާނީ ޖުލައި މަހުގެ 28 ވާ ބުރާސްފަތި ދުވަސް ކަމަށެވެ.

އެހެންކަމުން، މިނިވަން ދުވަހާ ގުޅިގެން 26 ޖުލައި ވާ އަންގާރަ ދުވަހުން ފެށިގެން ސަރުކާރު ބަންދުވުމަށްފަހު އޮފީސްތައް ދެން ހުޅުވޭނީ މި މަހުގެ 31 ވަނަ ދުވަހުކަމަށް ރައީސް އޮފީހުން ވަނީ ވިދާޅުވެފައެވެ.

އެހެންކަމުން ކުރިއަށް އޮތް ހަފްތާގެ އަންގާރަ، ބުދަ އަދި ބުރާސްފަތި ދުވަހަކީ ސަރުކާރު ބަންދު ދުވަސްތަކެވެ.

އަންނަ އާދިއްތަ ދުވަހާއި ހޯމަ ދުވަހު ސަރުކާރު ބަންދު ކުރާ ގޮތަށް ހަމަޖެހިފައި ނުވާކަމަށްވެސް ރައީސް އޮފީހުން ވަނީ ވިދާޅުވެފައެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close