ޚަބަރު

ދެ ލޯންޗު ޖެހި ކަނޑުމަތީގެ އެކްސިޑެންޓެއް ހިނގައިފި


ވިލިމާލެ ކައިރިން ދެ ލޯންޗެއް ޖެހި އެކްސިޑެންޓެއް ހިނގައިފިއެވެ.


މި އެކްސިޑެންޓު ހިނގައި ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ އިރުއޮއްސި 19:15 ހާއިރެވެ.

މި އެކްސިޑެންޓާ ގުޅޭ މައުލޫމާތު އޮންލައިން ނޫސް ސަންއަށް ހިއްސާކުރަމުން ފުލުހުން ބުނި ކަމަށް އެނޫހުން ރިޕޯޓްކޮށްފައިވަނީ މި އެކްސިޑެންޓުގައި އެއްވެސް މީހަކަށް އަނިޔާއެއް ވެފައިނުވާކަމަށެވެ.

ފުލުހުން ބުނީ މި އެކްސިޑެންޓާ ގުޅިގެން ބަލަންޖެހޭ އިތުރު ކަންކަން ބަލަމުން އަންނަކަމަށެވެ.

ކަނޑުމަތީގެ ހާދިސާތައް ހިނގާ މިންވަރު މަދު ނަމަވެސް އެ ފަދަ ހާދިސާތައް ފާއިތުވި ދެ ތިން މަސްދުވަހުގެ ތެރޭ ވަނީ ހިނގައިފައެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close