ޚަބަރު

ދިރާގު ރޯދަ ޕްރޮމޯޝަންގެ ނަސީބުވެރި 8 ފަރާތް، އުމްރާއަށް ފުރައިފި

ރޯދަ މަހަކީ ހެޔޮ ކަމާއި ހަދިޔާ ބަދަލުކުރުމާއި އަދި ދީލަތި ކަމުގެ މަހެއް ކަމާ މެދު ދެބަސް ވާނެ މީހަކު ނުހުންނާނެ އެވެ. ކޮންމެ އަހަރެއްގެ ރޯދަ މަހާއި ގުޅިގެން ތަފާތު ޕްރޮމޯޝަންތަކާއި އިނާމުތައް އެކި އެކި ކުންފުނިތަކުންނާއި ވިޔަފާރިތަކުން ދަނީ ކަސްޓަމަރުންނަށް ހަދިޔާ ކުރަމުންނެވެ.

އެގޮތުން ދިރާގަކީ މިފަދައިން ފާހަކަ ކޮށްލެވޭ އެއް ކުންފުންޏެވެ.  ރާއްޖޭގައި އެންމެ ފުޅާދާއިރާއެއްގައި މުވާސަލާތީ އަދި ޑިޖިޓަލް ހިދުމަތް ދޭ ކުންފުނި ކަމަށްވާ ދިރާގަކީ ބަރަކާތްތެރި ރޯދަމަހުގައި ކަސްޓަމަރުންގެ އަގުވަޒަންކުރެވޭނެ ފަދަ ބޮޑެތި ހަދިޔާތައް ކޮންމެ އަހަރަކުވެސް ފޯރުކޮށްދެމުން އަންނަ ކުންފުންޔެކެވެ.

ދިރާގުގެ ނަސިބުވެރި ކަސްޓަމަރުން އުމުރައަށް ފުރުމަށްޓަކައި އެއަރޕޯޓްގައި / ފޮޓޯ: ދިރާގު

މިއަހަރުވެސް ފާހަގަކޮށްލެވުން އެންމެ އަގު ހުރި އަދި އެންމެ ބޮޑު އެއް އިނާމެއް ކަމުގައި ވެގެން ދިޔައީ ދިރާގު ކަސްޓަމަރުންނަށް ހަދިޔާ ކުރި އުމްރާ ދަތުރުތަކެވެ. އެއީ ރޯދަ މަހުގެ ކޮންމެ ހަފުތާއެއްގައި ދިރާގުގެ ހުރިހާ ކަސްޓަމަރުންގެ ތެރެއިން ހޮވާލެވޭ ނަސީބުވެރި ކަސްޓަމަރަކަށް ހުރިހާ ޚަރަދަކާއެކު 2 ބޭފުޅުންގެ އުމްރާ ދަތުރެކެވެ.

މިދިޔަ ރޯދަމަހު ދިރާގުން ކުރިއަށް ގެންދިޔަ މި ޕްރޮމޯޝަނުގައި ހޮވުނު ނަސީބުވެރި ކަސްޓަމަރުން އިއްޔެ ވަނީ އުމްރާއަށް ފުރާވަޑައިގަންނަވާފައި އެވެ.

ދިރާގުގެ ހުރިހާ ކަސްޓަމަރުންގެ މެދުގައި ރޯދަ މަހުގެ ކޮންމެ ހަފުތާއެއްގައި ބޭއްވި މި ގުރުއަތުލުމުގައި ނަސީބުވެރި ކަސްޓަމަރުން ހޮވާފައިވަނީ ރޯދަމަހަށް ޚާއްސަކޮންގެން ޓީ.ވީ.އެމް އިން ހުށައަޅާ “މިވަގުތު” ޕްރޮގްރާމުގައި ލައިވް ކޮށެވެ.

ދިރާގުން މަސައްކަތް ކުރަމުން ދަނީ ކަސްޓަމަރުންނަށް ބޭނުންތެރި އަދި ކޮންމެ މޫސުމަކާއި ގުޅޭ ފަދަ އަގުހުރި ޕްރޮމޯޝަންތަކާއި ހަދިޔާތައް ކަސްޓަމަރުންނަށް ފޯރުކޮށްދިނުމަށްކަމަށް ދިރާގުން ބުނެއެވެ.

ދިރާގުގެ ފަރާތުން އުމްރާއަށް ދަތުރުކުރާ ކަސްޓަމަރުންނަށް ބަރަކާތްތެރި އަދި ބާއްޖަވެރި އުމްރާއަކަށް އެދޭކަމަށްވެސް ދިރާގުން ބުނެއެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close