ޚަބަރު

ޝަރުތު ހަމަވާ ޕާޓީތަކަށް ފައިސާ ދޫކުރަން ފިނޭންްސްގައި އެދިއްޖެ


ޝަރުތު ހަމަވާ ސިޔާސީ ޕާޓީތަކަށް ދަޢުލަތުގެ ބަޖެޓުން ދޭ ފައިސާ ދޫކޮށްދިނުމަށް އެދި އިލެކްޝަންސް ކޮމިޝަން (އީސީ) އިން ފިނޭންސް މިނިސްޓްރީ އަށް ފޮނުއްވައިފިއެވެ.

މި އަހަރު ފައިސާ ދޫކުރަން ޝަރުތުހަމަވީ ފަސް ސިޔާސީ ޕާޓީ އަކަށެވެ. އެއީ ވެރިކަން ކުރާ މައި ޕާޓީ، އެމްޑީޕީ، ޕީޕީއެމް، ޖުމްހޫރީ ޕާޓީ، އެމްޑީއޭ، އަދި ޢަދާލަތު ޕާޓީ ހިމެނެއެވެ.

އިލެކްޝަންސް ކޮމިޝަނުން ހާމަކުރެއްވި ގޮތުގައި އެމްއެންޕީ އަށް ފައިސާ ދޫކުރަން އެދިފައި ނުވަނީ އެ ޕާޓީން ހުށަހެޅި މުހިއްމު ބައެއް މައުލޫމާތުތައް ފުރިހަމަ ނުވާތީއެވެ.

ސިޔާސީ ޕާޓީތަކުގެ ތެރެއިން މި އަހަރު ވެސް އެންމެ ބޮޑު ބަޖެޓެއް ލިބެނީ ރާއްޖޭގެ އެންމެ ބޮޑު ޕާޓީ އެމްޑީޕީއަށެވެ.

އެ ޕާޓީ އަށް 14.2 މިލިއަން ރުފިޔާ ދޫކުރުމަށް ހަމަޖެހިފައިވާ އިރު ދެވަނައަށް އެންމެ ބޮޑު ޕާޓީ، ޕީޕީއެމަށް 9.5 މިލިއަން ރުފިޔާ ލިބޭނެއެވެ. ޖުމްހޫރީ ޕާޓީ އަށް 5.6 މިލިއަން ރުފިޔާ ލިބޭ އިރު، އެމްޑީއޭ އަށް ލިބޭނީ 2.5 މިލިއަން ރުފިޔާއެވެ. އަދި އަދާލަތަށް 2.4 މިލިއަން ރުފިޔާ ލިބޭނެއެވެ.

ސިޔާސީ ޕާޓީތައް ހިންގުމަށް، މިއަހަރުގެ ދަޢުލަތުގެ ބަޖެޓުން 36 މިލިއަނަށް ވުރެ ގިނަ ރުފިޔާ ކަނޑައެޅި އެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close