ތިލާވަތުގެ ސަޖިދަ ކުރެވޭނީ ހަމައެކަނި ޤިބުލައަށް ކުރިމަތި ލައިގެންތޯ؟
ސުވާލު:
ތިލާވަތުގެ ސަޖިދަ ކުރެވޭނީ ހަމައެކަނި ޤިބުލައަށް ކުރިމަތި ލައިގެންތޯ؟
ޤުރުއާން ތިލާވަތުކޮށް ކިޔަވަމުން ދާއިރު، ސަޖިދަ ވަޅެއް އަތުވެއްޖެ ނަމަ ސަޖިދަ ކުރަން ޖެހޭއިރު، އެސަޖިދަ ކުރެވޭނީ ހަމައެކަނި ޤިބުލައަށް ކުރިމަތިލައިގެން އެކަނި ތޯއެވެ؟
ޖަވާބު:
ކޮންމެ ދިމާއަކަށް ކުރިމަތި ލައިގެން ހުރެވެސް ތިލާވަތުގެ ސަޖިދަ ކުރެވިދާނެއެވެ. ނަމަވެސް މޮޅު އިތުރު ގޮތަކީ ޤިބުލައަށް ކުރިމަތިލައިގެން ހުރެ އެ ފަދަ ސަޖިދަ ކުރުމެވެ.
ޖަވާބު ދެއްވީ : ޑރ. މުޙައްމަދު ޢިޔާޟް އަބުދުއް ލަޠީފު

