ޚަބަރު

އެމްޑަބްލިއުއެސްސީގެ އެމްޑީ ޝާހުވެސް ޖޭޕީން ވަކިވެ ރައީސް ސޯލިހު ފެކްޝަނާ ގުޅިއްޖެ


ކުރިޔަށް އޮތް ރިޔާސީ އިންތިޚާބުގައި ރައީސް ސާލިހަށް ތާއީދުކޮށް، ޖޭޕީގެ ސްލޮޓުގައި އެމްޑަބްލިއުއެސްސީގެ އެމްޑިކަމުގެ މަގާމްގައި ހުންނެވި ހަސަން ޝާހުވެސް ޖޭޕީން ވަކިވެއްޖެއެވެ.

ރިޔާސީ އިންތިޚާބުގައި ރައީސް ސާލިހަށް މަސައްކަތް ކޮށްދިނުމަށްޓަކާ ޖޭޕީން ވަކިވިކަން އަންގާ އެޕާޓީގެ ލީޑަރ ގާސިމް އިބުރާހިމަށް ފޮނުއްވި ސިޓީގައި ޝާހު ވިދާޅުވެފައިވަނީ ހިނގަމުންދާ ރިޔާސީ ދައުރުގައި ރައީސް ސާލިހު ދައްކަވައި ދެއްވާފައިވަނީ ގައުމުގެ ހަމަޖެހުމާއި އަސާސީ ޚިދުމަތް ފޯރުކޮށް ދިނުމާއި ތަރައްގީ ކަމުގައެވެ.

އެހެންކަމުން 2023 ގެ ރިޔާސީ އިންތިޚާބުގައި ރައީސް ސާލިހަށް ތާއީދު ކުރެއްވުމަށް ނިންމަވާފައިވާކަމަށްވެސް ސިޓީގައި ޝާހު ވިދާޅުވެފައި ވެއެވެ.

ޖޭޕީން ޝާހު އިސްތިއުފާ ދެއްވާފައި ވާއިރު، އެމްޓީސީސީގެ އެމްޑީ އާދަމް އާޒިމްވެސް ވަނީ، ރައީސް ސާލިހަށް ތާއީދުކޮށް ޖޭޕީގެ ލީޑަރުގެ އެޑްވައިޒަރުގެ މަގާމުން އިސްތިއުފާ ދެއްވާފައެވެ.

އެއް ކޮމެންޓް

  1. ސާހް އަށް ވެސް އަދި ބޮލެއް ހުރި ކޮންމެ މީހަކަށްވެސް، މިއުޅެނީ ބަޔަކު ގާސިމްގެ ބޮލަށް ވަދެގެން މޮޔަ ހައްދައިގެންކަން އެގޭނެއެވެ. ހަމަހޭގައި މިތިބަ މުސްލިމް ދިވެހިން ރާއްޖޭގައި އެންމެ ގިނައިން ރާ ވިއްކާ ސްޕާ ހިންގާ މީހާއަށް ވެރިކަމަށް ވޯޓެއް ނުދޭނެއެވެ. ދިވެހިންގެ ދީނެއް ފައިސާއަކަށް ނުވިއްކާނެއެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close