ކޮއްކޮގެ ރަމަޟާންމަސް ނަމުގައި ޚާއްޞަ ފޮތަކާއި ޚާއްޞަ ޝެޑިއުލެއް ނެރެފި
ކުޑަކުދިންނަށް ޚާއްޞަ ކޮށްގެން ކޮއްކޮގެ ރަމަޟާންމަސް މިނަމުގައި ޚާއްޞަ ފޮތަކާއި ރަމަޟާންމަހަށް ޚާއްޞަ ޝެޑިއުލެއް ނެރިއްޖެއެވެ.
ތަޒްކީރަންގެ ފަރާތުން ނެރެފައިވާ މިފޮތް ބެލެނިވެރިއެއްގެ އެހީތެރިކަމާއިއެކު ގުރޭޑް 1 ން ފެށިގެން ގުރޭޑް 5 ގެ ކުދިންނަށްވެސް ބޭނުން ކުރެވޭނެއެވެ. އަދި އެ ޢުމުރުގެ ކުދިންނަށް ޚާއްޞަ ޝެޑިއުލަކާއި ގުރޭޑް 5 ން މަތީގެ ދަރިވަރުންނަށްވެސް ބޭނުންކުރެވޭނެ ޚާއްޞަ ރަމަޟާން ޝެޑިއުލްވެސް ވަނީ ނެރެފައެވެ. ރަމަޟާންމަހުގެ ޝެޑިއުލްތަކުގެ ތެރެއިން އެއް ޝެޑިއުލް ތައްޔާރުކޮށްފައިވަނީ ކުދިންނަށް އަޅުކަންތަކަށް ހިތްވަރު ދިނުމުގެ ގޮތުން، ކުދިންނާއިއެކު ބެލެނިވެރިންނަށްވެސް ބޭނުން ކުރެވޭގޮތަށެވެ.
ކޮއްކޮގެ ރަމަޟާންމަސް މިފޮތުގައި، ކޮންމެ ދުވަހަކުވެސް، އެކިއެކި ވަޤުތުތަކުގައި ކުރާނެ ޚާއްޞަ މަސައްކަތްތަކެއްވަނީ ހިމަނާފައެވެ.
މިފޮތާއި ޝެޑިއުލް ޑައުންލޯޑް ކުރެވޭނެ ލިންކްތައް ތިރީގައިއެވަނީއެވެ.
ކޮއްކޮގެ ރަމަޟާންމަސް ޝެޑިއުލް – 12 އަހަރުން ދަށަށް
ކޮއްކޮގެ ރަމަޟާންމަސް ޝެޑިއުލް – 12 އަހަރުން މައްޗަށާއި ބެލެނިވެރިންނަށް ޚާއްޞަ

