ޚަބަރު

ޝައިޚް އިބްރާހީމް ފަރީދު އަޙްމަދުގެ ވަރަށް ޚާއްޞަ ދަރުސް ޕްރޮގުރާމެއް މިމަހުގެ ފަހުކޮޅު ނ.އަތޮޅު ދެރަށެއްގައި

ރާއްޖޭގެ މަޝްޙޫރު ދީނީ ޢިލްމުވެރިޔާ އައްޝައިޚް އިބްރާހީމް ފަރީދު އަޙްމަދުގެ ވަރަށް ޚާއްޞަ ދަރުސް ޕްރޮގުރާމެއް މިމަހުގެ ފަހުކޮޅު ނ.އަތޮޅުގެ ދެރަށެއްގައި ކުރިޔަށް ގެންދިއުމަށް  ހަމަޖެހިއްޖެއެވެ.

މި ދަރުސް ޕްރޮގުރާމް ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ނ.އަތޮޅު ވެލިދޫ އަދި ނ.އަތޮޅު ހޮޅުދޫގައެވެ.

ނާރެސްއަށް މަޢުލޫމާތު ލިބޭގޮތުގައި 28 ފެބުރުވަރީ 2019 ވަނަ ދުވަހު ޝައިޚްގެ ދަރުސް ޕްރޮފުރާމު ކުރިޔަށްދާނީ ނ.ހޮޅުދޫގައެވެ.

މާރިޗު 1 އަދި 2 ވަނަ ދުވަހު ޝައިޚް ފަރީދުގެ ދަރުސް ޕްރޮގުރާމު ކުރިޔަށްދާނީ ނ.ވެލިދޫގައި ކަމަށްވެސް މަޢުލޫމާތު ލިބެއެވެ.

ދެރަށުގެވެސް ކުދިބޮޑު އެންމެންނަށް ހުޅުވާލައިގެން ދީނީ ދަރުސްދެއްވުން ކުރިޔަށްދާނެކަމަށް މަޢުލޫމާތު ލިބެއެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close