ޚަބަރު

އައިޝްވާރިޔާ ރާއީ – އަބީޝޭކް ބައްޗަން ރާއްޖޭގައި، އަލަތު ދަރިފުޅުގެ 10 ވަނަ އުފަންދުވަސް މާދަމާ

އައިޝްވާރިޔާ ރާއީ-އަބީޝޭކް ބައްޗަންގެ އަލަތު ދަރިފުޅު އާރްދިޔާ ބަންޗަންގެ 10 ވަނަ އުފަންދުވަސް ރާއްޖޭގެ ހިތްގައި ރިސޯޓެއްގައި ފާހަގަކުރުމަށް ރާއްޖެއަތުވެއްޖެއެވެ.

ރެއަކަށް 10 މިލިއަން ރުޕީސް ޚަރަދުކޮށްގެން އެމީހުން ޗުއްޓީހޭދަކުރަމުންދަނީ އަމިއްލަ މޯލްޑިވްސް ރިސޯޓު އެންޑް ރެޒިޑެންސް ގައި އެވެ.

އައިޝްވާރިޔާ ރާއީ އާއި އަބީޝޭކް ބައްޗަން ވަނީ އާދީއްތަ ދުވަހު އިންސްޓަގްރާމްގައި އެމީހުންގެ ކޮޓަރިތަކުން ފެންނަ މަންޒަރުގެ ފޮޓޯތައް ޕޯސްޓްކޮށްފަ އެވެ.

އައިޝްވާރިޔާ ރާއީ އާއި އަބީޝޭކް ބައްޗަން ގެ އަންހެން ދަރިފުޅުގެ 10 ވަނަ އުފަންދުވަސް ފާހަގަކުރުމަށް އަމިއްލަ ފުށީގައި މި ދެމަފިރިން ތިބޭކަން ހާމަކޮށްފައިވަނީ އެ ދެމަފިރިންގެ ސޯޝަލް މީޑިއާ އެކައުންޓްތަކެއްގަ އެވެ.

މި ލަގްޒަރީ ރިސޯޓުގައި ތަފާތު އެކި ވިލާތައް އިހްތިޔާރު ކުރަން ހުރެ އެވެ. މި އޮޕްޝަންތަކުގެ ތެރޭގައި ރީފް ވޯޓާ ޕޫލް ވިލާ، ސަންސެޓް ވޯޓާ ޕޫލް ވިލާ، ލެގޫން ވޯޓާ ޕޫލް ވިލާ އަދި މަލްޓި ބެޑްރޫމް ރެސިޑެންސް ހިމެނެ އެވެ. ވިލާތަކުގެ ބޮޑު ބަޔަކީ ޕްރައިވެޓް ޕޫލްތަކާއި ވިއު ފެންނަ ގޮތަށް ހަދާފައި ހުންނަ ވިލާތަކެވެ.

މި ވިލާ ނުވަތަ ރެސިޑެންސް އޮލްޓަނޭޓިވްތަކުގެ ތެރެއިން އައިޝްވާރިޔާ ރާއީ އާއި އަބީޝޭކް ބައްޗަން އިހްތިޔާރުކުރީ ކޮން ވިލާއެއްކަން އަދި ސާފުނުވި ނަމަވެސް، އެމީހުން ޝެއަރ ކޮށްފައިވާ ފޮޓޯތަކުން ދައްކުވައިދެނީ އެމީހުން ތިބެނީ އާދައިގެ ވިލާއެއްގައި ނޫންކަމެވެ.

އެރިސޯޓްގެ އެންމެ އަގުހެޔޮ ވިލާގެ އަގަކީ ރެއަކަށް ގާތްގަނޑަކަށް 1،000 ޑޮލަރު ކަމަށްވާއިރު، އެ ވިލާގެ އެންމެ ބޮޑު އޮޕްޝަން، 20 ގެސްޓުންނަށް ތިބެވޭ ގޮތަށް 13،900 ޑޮލަރު ހަރަދުވާ ކަމަށެވެ.

އައިޝްވާރިޔާ ރާއީ އާއި އަބީޝޭކް ބައްޗަން ވަނީ އާދީއްތަ ދުވަހު އިންސްޓަގްރާމްގައި އެމީހުންގެ ކޮޓަރިތަކުން ފެންނަ މަންޒަރުގެ ފޮޓޯތައް ޕޯސްޓްކޮށްފަ އެވެ. އައިޝްވާރިޔާގެ ފޮޓޯގައި ޓްވިން ސުވިމިން ޕޫލާއި ޕްރައިވެޓް ބީޗެއް ދައްކާލާފައިވެ އެވެ.

ޕޮންނިޔިން ސެލްވަންގެ ތަރި އަބިޝޭކް އާއި އައިޝްވާރިޔާގެ ދަރިފުޅުގެ އުފަންދުވަސް ފާހަގަކުރުމަށް މިމަހުގެ ކުރީކޮޅު ވަނީ ރާއްޖެ އައިސްފައެވެ. އެމީހުން ވަނީ އެމީހުންގެ އަމިއްލަ ފޮޓޯތައް ސޯޝަލް މީޑިއާގައި ހިއްސާކޮށްފައެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close