ޚަބަރު

ޔަޝްފާ އެޑްވައިޒަރގެ ޝަރުތު ފުރިހަމަނުވާތީ ޖޭޕީ ތެރެ ހޫނުވެއްޖެ

ޖުމްހޫރީ ޕާޓީ އަކީ ރާއްޖޭގައި މި ވީހާތަނަށް އުފެދުނު ހުރިހާ ސިޔާސީ ޕާޓީތަކާއި އަޅާބަލާއިރު، ތަޢުލީމަށް އެންމެ އިސްކަން ދިން ޕާޓީއެވެ. ޖޭޕީގެ އިސް ސަފަށް ބަލާލުމުން އެ މަންޒަރު ސާފުކޮށް ފެންނާނެއެވެ.
ޕާޓީގެ ލީޑަރ އޮނަރަބަލް ޤާސިމް އިބްރާހިމަކީ ތަޢުލީމަށް އިންތިހާއަށް މަސައްކަތްޕުޅު ކުރެއްވި ބޭފުޅެކެވެ. އަމިއްލަ ނަންފުޅުގައި ކޮލެޖެއް ހިންގަވާ އެތައް ދިވެހި ދަރިންނެއް އެ ހިޔާވަހިކަމުގެ ތެރެއިން މި މުޖުތަމަޢަށް ނިކުމެ، އެކި ދާއިރާއިން ޚިދުމަތް ދިނުގައި ޤާއިމުވެ އެބަ ތިއްބެވެ. ޕާޓީގެ ޑެޕިއުޓީ ލީޑަރުންނަށް ބެއްލެވިޔަސް، އަދި ސްޕެޝަލް އެޑްވައިޒަރުންނާއި، ޕާޓީގެ އެހެން ގުނަންތަކުގެ އިސް މަޤާމުތަކަށް ބެއްލެވިޔަސް، ފެންނަން އޮތީ ތަޢުލީމީ އަދި ސިޔާސީ ތަޖުރިބާކާރުންގެ ވަރުގަދަ ޓީމެކެވެ.
މިހާތަނަށް ޖުމްހޫރީ ޕާޓީގެ އެތެރޭގެ އިންތިހާބުތަކުގައިވެސް ގިނައިން ވާދަކޮށްފައި ތިއްބެވީ ސިޔާސީ ގޮތުން ވަރަށް ފުއްނާބު އުސް، އަދި ރާއްޖޭގެ ސިޔާސީ މަޝްރަޙު ރަނގަޅަށް ދެނެވަޑައިގަންވާ ބޭފުޅުންނެވެ. ކާމިޔާބުވެސް ލިބިފައިވަނީ އެ ބޭފުޅުންނަށެވެ.
ނަމަވެސް، މިއަދު ޖުމްހޫރީ ޕާޓީގެ އެޑްވައިޒަރ ކަމަށް ޢައްޔަންކުރި އެއް މެމްބަރަކީ ޔަޝްފާ ޢަބްދުލްޣަނީއެވެ. ޖޭޕީން މިހާތަނަށް ބަލައިގަނެފައިވާ ހަރުދަނާ އުޞޫލުތަކަށް ރިޢާޔަތްކުރާއިރު، ޔަޝްފާ އަކީ އެ މަޤާމަށް ހަމަ ހަޤީޤަތުގައިވެސް އެކަށީގެންވާ މީހެއް ކަމާމެދު ގިނަ ބަޔަކު އަންނަނީ ސުވާލު އުފައްދަމުންނެވެ. ސޯޝަލް މީޑިއާގައި މިބަހުސްވަނީ ފެށިފައެވެ. ސަބަބުތައް ގިނައެވެ. ޔަޝްފާ އަކީ މި ވީހާތަނަށް އިންތިހާބީ އެއްވެސް މަޤާމެއް އަދާނުކުރަތާ ސިޔާސީ ދާއިރާއަށްވެސް މުޅިން އާމޫނެކެވެ.
ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމުގެ ވެރިކަމުގައި ޕީޕީއެމް އޮފީހުގެ ސެކްރެޓެރީ ކަމުގެ މަޤާމު ފުރުއްވުމުގެ އިތުރުން ޖުމްހޫރީ ޕާޓީގައިވެސް އަދާކުރަނީ މިފަދަ “އިދާރީ” މަޤާމެކެވެ.
ޖުމްހޫރީ ޕާޓީން ބޭއްވި އެ ޕާޓީގެ ހަތަރުވަނަ ޤައުމީ ކޮންފަރެންސްގައި، ޕާޓީގެ ނައިބު ލީޑަރުގެ މަޤާމަށްވެސް ވާދަކުރިއެވެ. ޖުމްލަ 12 ބޭފުޅުން ވާދަކުރި އެ އިންތިހާބުގައި ޔަޝްފާއަށް ލިބުނީ ފަހަތުން ދެވަނައެވެ.
ދާދިފަހުން ޖޭޕީގެ ކޮމެޓީތަކުގެ އިންތިހާބެއްވެސް ބާއްވައިފިއެވެ. އެ އިންތިހާބުގައިވެސް ކޮމެޓީއެއްގެ ޗެއާރއަކަށް ވާދަކުރިއެވެ. ނަމަވެސް މިފަހަރުވެސް ކުރިމަތިލާން ޖެހުނީ ބޮޑު ނާކާބީޔާބީއަކާއެވެ.

“ޖޭޕީއަކީ ތަޢުލީމާއި ތަޖުރިބާއަށް ވަރަށް ބޮޑަށް އިސްކަންދޭ ޕާޓީއެއް. އެކަން މަޤާމުތަކުގަ ތިއްބެވި ބޭފުޅުންނަށް ބެލީމަ އެނގޭނެ. އަޅުގަނޑުމެން ހިތްހަމައެއް ނުޖެހޭ ޔަޝްފާ އެޑްވައިޒަރަކަށް ޢައްޔަން ކުރުމެއް. އެޑްވައިޒަރުންނަކީ އިދާރީ މަސައްކަތް ކުރާ ބައެއް ނޫން. އެއީ ލީޑަރަށް ސިޔާސީ ގޮތުން ބޭނުންވާ ލަފާ އަރުވަން ތިބޭ ބައެއް. ސިޔާސީ ތަޖުރިބާކާރުންނަށް އެކަން ކުރެވޭނީ، މަޖިލިސް މެމްބަރުކަމުގެ އިތުރުން، ސިޔާސީ ދާއިރާގައި އެކި މަޤާމްތައް ފުރުއްވި ބޭބޭފުޅުން އެބަތިއްބެވި، އަޅުގަނޑު ހަމަ ސަޕްރައިސްވެއްޖެ، މިސާލަަކަށް ޝަހުދީ، ޑަކްޓަރ ޝާހް މާހިރު، ސްޓޭޓްމިނިސްޓަރ މަނިކް ފަދަ ޤާބިލްބޭފުޅުން މަދެއްނޫން. މި ސަރުކާރުގައި ޖޭޕީގެ ސްލޮޓެއްގައި ހުންނެވި ބޭފުޅަކު ނަން ނުޖެހުމަށް ޝަރުތުކޮށް މި ނޫހަށް މަޢުލޫމާތު ދިނެވެ.”
މި ކަންބޮޑުވުން އޮތީ ހަމައެކަނީ ލީޑަރޝިލްގެ ބޭފުޅުންގެ މެދުގައި އެކަންޏެއް ނޫނެވެ. ޕާޓީގެ އިދާރީ މުވައްޒަފުންގެ ތެރޭގައިވެސް އިންތިހާއަށް މިކަމުގެ ނުތަނަވަސްކަން އެބަ އޮތެވެ.
“އަޅުގަނޑުވެސް މި މަސައްކަތް ކުރަނީ ޕާޓީ އޮފީހުގަ. ޔައުމިއްޔާ ލިޔުމާއި އިދާރީ މަސައްކަތް ނޫން އެހެން ކަމެއް ޔަޝްފާއެއްވެސް ނުކުރޭ. ހަމަ އަޅުގަނޑުވެސް އެ މަސަައްކަތް ކުރަން. ޔަޝްފާއަށް ވުރެ ގިނަ ޚިދުމަތްތައްވެސް ޕާޓީއަށް ކޮށްދީފަ ހުންނާނީ. އަދި ސިޔާސީ ދާއިރާގައި ގިނަ މަޤާމްތައް އަދާކުރި ސްޓާފުން އެބަތިބި. ލަދުން ބޯހަލާކް. ނަމަވެސް ކުއްލިއަކަށް މި ފެނުނީ ޔަޝްފާ އެޑްވައިޒަރަކަށް ޢައްޔަން ކުރިތަން. މިއީ އިންސާފެއް ނޫން. ރައްޓެހިންތައް ގުޅާފަ މަލާމާތްކުރަނީ- ޖޭޕީގެ ހެޑްކުއާޓާސް، މ.ކުނޫޒުގައި މަސައްކަތް ކުރާ މުވައްޒަފަކު ބުންޏެވެ.

ކޮންމެއަކަސް، ޖުމްހޫރީ ޕާޓީގެ ލީޑަރުގެ ސްޕެޝަލް އެންވޯއީގެ މަޤާމަށް ޢައްޔަންކުރެއްވި އިލްހާމް އަޙުމަދާއި، ސްޕެޝަލް އެޑްވައިޒަރުންގެ ގޮތުގައި ތިއްބެވި، ކުރީގެ ނައިބު ރައީސް ޢަބްދުﷲ ޖިހާދާއި، ރިޔާޒް ރަޝީދު،ކުރީގެ ހޯމް މިނިސްޓަރ އަޒްލީން އަޙުމަދު މެން ފަދަ ބޭފުޅުންނަކީ މި ރާއްޖޭގެ ސިޔާސީ ބޭފުޅުންނެވެ.
މަޖިލީހުގެ މެމްބަރުކަން ކުރައްވާފައި ތިއްބެވި އެތައް ބޭފުޅުންނެއް ޕާޓީގެ ލީޑަރޝިޕްގައި މި ވަގުތު އެބަ ތިއްބެވެ. އަދި ކައުންސިލަށް ބެލިޔަސް ފެންނަނީ ޒަމާނީ ޢިލްމާއ ތަޖުރިބާ ލިބިވަޑައިގެން ތިއްބެވި ބޭފުޅުންނެވެ. ‘

ކަންމިހެން އޮތްއިރު، މަދު ބައެއްގެ ނުފޫޒުން ނަމަވެސް، ޕާޓީގެ އެޑްވައިޒެއްގެ ކިބައިގައި ހުންނަންޖެހޭނެ ކަމަށް މުޅި ޕާޓީން ބަލައިގަނެފައިވާ އަސާސީ ޝަރުތުވެސް ހަމަނުވާ މީހަކު ލީޑަރަށް ލަފާ އަރުވަން ޢައްޔަން ކުރުމަކީ، މުޅި ލީޑަރޝިޕަށް ކުރެވޭ މަލާމާތަކަށް ނޫނީ ނުވާނެއެވެ.

އެއް ކޮމެންޓް

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close