ޚަބަރު

އީރާނުން ފުލް ލޮކްޑައުން އަކަށް ދާން ވިސްނަނީ

ކޮރޯނާ ވައިރަސްގެ ތިންވަނަ ރާޅަކާ އިރާނުން ކުރިމަތިލައިފައިވާއިރު އަދި ބަލިޖެހޭމީހުން ރެކޯޑް އަދަދަކަށް އިތުރުވަމުން ދާތީ އެޤައުމު ފުލް ލޮކްޑައުނަކަށް ދާން ވިސްނަމުންދާކަމަށް އެޤައުމުގެ ހެލްތް އިދާރާއިން ހާމަކޮށްފިއެވެ.

މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި އީރާންގެ ކެޕްޓަލް ސިޓީއާއިއެކު މުހިންމު އިތުރު ސްޓޭތްތައް ކުރިއަށްއޮތް ދެހަފްތާގައި ފުރިހަމަ ފުރަބަންދަކަށް ދާނެއެވެ.

ހުކުރުދުވަހު އެކަނިވެސް 40 ހާހަށްވުރެ ގިނަމީހުންނަށް ބަލިޖެހިފައިވާއިރު 461 މީހުންވަނީ މަރުވެފައެވެ.

އީރާނުގެ ހެލްތްމިނިސްޓްރީގެ ސްޕޯކްސް ވުމަން ސިމާ ސަދާތު ލާރި އެޤައުމުގެ ޤައުމީ ޓީވީއަށް ދިން ބަސްތީގަތުމެއްގައި ވިދާޅުވި ކަމަށް ރޮއިޓަރަސްއިން ރިޕޯޓްކޮށްފައިވަނީ މެދުއިރުމަތީ ޤައުމުތަކުގައި ކޮވިޑް ނުރައްކާތެރިކަން އިތުރަށް ބޮޑުކަމަށެވެ. އެގޮތުން ވޭތުވެ ދިޔަ 24 ގަޑިއިރު ތެރޭގައި އެގާރަހާހަށްވުރެ ގިނަ ނިއުކޭސް ފެނިފައިވާއިރު ޖުމުލަ 7 މިލިއަނަށްވުރެ ގިނަމީހުންނަށް ވަނީ ބަލިޖެހިފައެވެ.  

އިރާނާކީ ކޮވިޑް ޖެހުނު ޤައުމުތަކުގެ ތެރެއިން އެންމެ ގިނަކޭސް ފެންނަމުންދާ އެއް ޤައުމަށްވާއިރު ސިއްހީ ކަންތައްތައް އެންމެ ދޯދިޔާ އެއް ޤައުމުކަމަށް ޑަބްލިއު އެޗް އޯ އިންވެސް ވަނީ ބުނެފައެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close