ދިރާގު ބިލްތައް ދެއްކުމުގައި ވަރަށްބޮޑެތި ލުއިތަކެއް
ކޮވިޑް-19 ގެ ސަބަބުން އިޤްތިޞާދީ ހުއްޓުމެއް މުޅިޤައުމަށް އައިސްފައިވާ މިދަނޑިވަޅުގައި އަދި ގިނަ ބަޔަކަށް މާލީ ގޮތުން ދަތިތަކާ ކުރިމަތިވެފައި ވާތީ، ދިރާގު ބިލްތައް ދެއްކުމުގައި ބޮޑެތި ލުއިތަކެއް ދިރާގުން ހަމަޖައްސައިދީފިއެވެ.
ދިރާގު ބުނީ މި ލުއި ދީފައި ވަނީ އާންމުންނަށް އެހީވުމުގައި ސަރުކާރުން ކުރާ މަސައްކަތްތަކަށް އެއްބާރުލުން ދިނުމުގެ ގޮތުން ކަމަށެވެ. މި ލުޔާއެކު ބިލުތައް ދެއްކުން ވަނީ ދެ މަސް ދުވަހަށް ދިގު ދަންމާލާފަ އެވެ. މީގެ އިތުރުން ކުރިމަތިވެފައިވާ މާލީ ހާލަތުތަކާ ގުޅިގެން ވަކި ވަކި ކަސްޓަމަރުންގެ ރިކުއެސްޓް ތަކަށް ވެސް އެ ކަސްޓަމަރަކަށް ލުއި ގޮތް ތަކެއް ހަމަޖައްސައިދޭން ނިންމާފައި ވެއެވެ.
އެ ކުންފުނިން ގެނެސްފައިވާ އަނެއް ބަދަލަކީ ހާލަތާ ގުޅިގެން ލުއިތައް ހޯދަން އެދޭ ވަކިވަކި ކަސްޓަމަރުންނަށް ލުއި ދިނުމެވެ. މީގެ އިތުރުން ފަހުން ދައްކާ ބިލު ޕޭމަންޓްތަކާއި ރިކަނެކްޝަން ފީތައް ވެސް ވަނީ މައާފު ކޮށްދީފަ އެވެ.
ދިރާގުން ވަނީ ކޮވިޑް-19 އާ ގުޅިގެން ވަޒީފާ ގެއްލިފައިވާ، ކަސްޓަމަރުންގެ ހިދުމަތްތައް މެދު ކަނޑާނުލައި ޖޫން މަހުގެ ނިޔަލަށް ކުރިއަށް ގެންދަން ވެސް ނިންމާފަ އެވެ.

