އަފްޣާނިސްތާނުގައި އަންހެނުންގެ ދުވަސް ފާހަގަކުރުމަށް މަދުން ނޫނީ ނުފެންނަ ފަދަ ޕެނަލް ޑިސްކަޝަނެއް
އަފްޣާނިސްތާނުގެ ބްރޯޑްކާސްޓަރު ޓޮލޯ ނިއުސް އިން ބައިނަލްއަގްވާމީ އަންހެނުންގެ ދުވަސް ފާހަގަކުރީ މަދުން ނޫނީ ނުފެންނަ fފަދަ އަންހެނުންގެ ޕެނަލް ޑިސްކަޝަން އެއް ބުދަ ދުވަހު ދައްކައިގެންނެވެ. މި ޕެނަލްގައި ތިން އަންހެނަކާއި އަންހެން މޮޑެރޭޓަރެއް ހިމެނޭއިރު، އިސްލާމްދީނުގައި އަންހެނުންގެ މަޤާމާ ބެހޭގޮތުން މަޝްވަރާ ކުރެއްވިއެވެ. މި ބްރޯޑްކާސްޓަކީ ތާލިބާނުން ވެރިކަމާއި ހަވާލުވި ފަހުން މުހިންމު ބްރޯޑްކާސްޓެއް ކަމަށާއި، ގިނަ އަންހެން ނޫސްވެރިން ވަނީ އެ ޕްރޮފެޝަން ދޫކޮށް ނުވަތަ އޮފް އެއާގައި މަސައްކަތް ކުރަން ފަށާފައެވެ.
މިދިޔަ އަހަރު ރިޕޯޓަރސް ވިތައުޓް ބޯޑާސް އިން ކުރި ސާވޭއަކުން ދައްކާ ގޮތުގައި 2021 ވަނަ އަހަރުގެ އޮގަސްޓް މަހު ތާލިބާނުން ވެރިކަމާ ހަވާލުވި ފަހުން %75 އަށް ވުރެ ގިނަ އަންހެން ނޫސްވެރިންގެ ވަޒީފާ ގެއްލިފައިވާއިރު، ތާލިބާނުން ވަނީ ގިނަ އަންހެން ކުދިން ހައި ސްކޫލުން، އަންހެނުން ޔުނިވާސިޓީން ހަނިކޮށް، އަފްޣާން އަންހެން އެންޖީއޯތައް ހުއްޓުވާފައެވެ.
އިސްލާމީ ނަޒަރަކުން އަންހެނުންނަށް ހައްގުތަކެއް ލިބިގެންވާ ކަމަށާއި، އެއީ އެމީހުންނަށް މަސައްކަތް ކުރުމާއި ތައުލީމު ހާސިލް ކުރުމުގެ ހައްގު ކަމަށް ޕެނަލިސްޓުން އަލިއަޅުވާލާފައިވެއެވެ. “ބޭނުންވިޔަސް ނުވިޔަސް މި މުޖުތަމައުގައި އަންހެނުން އުޅޭ… ސްކޫލުން ތައުލީމު ހާސިލް ނުކުރެވޭ ނަމަ ގޭގައި ވެސް ޢިލްމު ދަސްކުރާނެ،” ޔުނިވާސިޓީގެ ކުރީގެ ޕްރޮފެސަރު ޒަކިރާ ނަބީލް ވިދާޅުވި އެވެ.
ބައިނަލްއަޤްވާމީ ލޭބަރ އޯގަނައިޒޭޝަނުން ރިޕޯޓްކޮށްފައިވާ ގޮތުގައި ގިނަވަމުން އަންނަ ހުރަސްތަކާއި އެޤައުމުގެ އިޤްތިޞާދީ ދަތިކަމުގެ ސަބަބުން މިދިޔަ އަހަރު 2021 ވަނަ އަހަރުގެ މެދުތެރެއިން ފެށިގެން އަންހެނުންގެ ވަޒީފާ %25 ދަށްވެފައިވެއެވެ. ނަމަވެސް ގިނަ އަންހެނުން ދަނީ ގޭގައި ފަރުމާކުރުން ފަދަ އަމިއްލަ ވަޒީފާ އަދާކުރާ މަސައްކަތްތަކަށް އެނބުރެމުންނެވެ.
އަންހެން ކުދިންނާއި އަންހެނުންގެ ހައްގުތަކަށް އަޅާފައިވާ ހުރަސްތައް އަނބުރާ ގެންދިއުމަށް އދ.ގެ މިޝަން ޓު އަފްޣާނިސްތާން (ޔުނާމާ) އިން ބުދަ ދުވަހު ވަނީ ގޮވާލައިފައެވެ. އަނެއްކޮޅުން ޠާލިބާނުން ވަނީ އިސްލާމީ ޝަރީޢަތާއި އަފްޣާނިސްތާނުގެ ސަގާފަތް ތަފްސީރުކުރާ ގޮތާ އެއްގޮތަށް އަންހެނުންގެ ހައްގުތަކަށް އިޙްތިރާމްކުރާކަމަށް ބުނެފައެވެ. އަންހެން ކުދިންގެ ސްކޫލްތައް އަލުން ހުޅުވުމަށް މަސައްކަތް ކުރުމަށް ކަމާބެހޭ ފަރާތްތަކުން ވަނީ ކޮމިޓީއެއް އެކުލަވާލާފަ އެވެ.
ޓޯލޯ ނިއުސްގައި ހުރިހާ އަންހެނުން ހިމެނޭ ޕެނަލްގެ މަގުސަދަކީ އަފްޣާނިސްތާނުގައި އަންހެނުންނަށް ދިމާވާ ގޮންޖެހުންތަކަށް އަލިއަޅުވާލުމެވެ. އަފްޣާނިސްތާނުގައި އަންހެނުންގެ ހައްގުތަކަށް ހޭލުންތެރިކަން އުފެއްދުމާއި ވަކާލާތު ކުރުމަށްޓަކައި މިފަދަ މަޝްވަރާތައް ކުރިއަށް ގެންދިއުމަކީ ކޮންމެހެން ބޭނުންތެރި ކަމެކެވެ.




