ފޭކް ސްލިޕް ފޮނުވި ތިން މީހަކު ހޯދަން އިޢުލާންކޮށްފި
ފޯނެއް ސާވިސްކޮށްފައި ފޭކް ސްލިޕް ފޮނުވި ތިން މީހަކު ހޯދަން ފުލުހުން އިއުލާނުކޮށްފި އެވެ.
ދިވެހި ފުލުހުންގެ ވެބްސައިޓުގައި އެ ތިން މީހުން ފެންނަ ވީޑިއޯ އާންމުކޮށް ފުލުހުން ބުނީ އެ ތިން މީހުންނަކީ އަޅިވިލާ މަގުގައި ފްރީޑަމް މޯބައިލް ސަރވިސް އިން ސަރވިސްކުރި ފޯނަކަށް، އަގު އަދާކުރުމުގެ ގޮތުން ސައްހަ ނޫން ޓްރާންސްފަރ ސްލިޕެއް ފޮނުވާފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލަ އަކާ ގުޅިގެން ހޯދަމުން އަންނަ މީހުން ކަމަށެވެ.
ފުލުހުން އާންމު ކޮށްފައިވާ ވީޑިއޯ އިން ފެންނަނީ ދެ ފިރިހެނަކާއި އަންހެނެކެވެ.
ފުލުހުން ބުނީ މި ތިން މީހުންނަކީ އިކޮނޮމިކް ކްރައިމް ޑިޕާޓްމަންޓުން ކުރަމުންދާ ތަހުގީގަށް ހޯދަން ބޭނުންވެ، ފުލުހުން މިހާތަނަށް ކުރި މަސައްކަތުން ކޮން ބައެއްކަން ދެނެގަނެވިފައި ނުވާތީ ހޯދިފައި ނުވާ މީހުން ކަމަށެވެ.
މީގެ އިތުރުން ފުލުހުން ވަނީ މި ވީޑިއޯއިން ފެންނަ މީހުންނާއި ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ އިކޮނޮމިކް ކްރައިމް ޑިޕާޓްމަންޓްގެ ނަންބަރު 9790048 އަށް ގުޅުއްވައި ހިއްސާކުރުމަށް އެދިފައެވެ.

