ބޭރުދުނިޔެ

ރަޝިއާގެ ޖާސޫސީ މަތިންދާބޯޓަށް ޑްރޯން ޖެއްސި ވީޑިއޯ އާންމުކޮށްފި

ރަޝިއާގެ ޖާސޫސީ މަތިންދާބޯޓަށް ޑްރޯން ޖެއްސި ވީޑިއޯ ބެލަރޫސްގެ ރެސިސްޓެންސް އިން އާންމުކޮށްފިއެވެ.

ރަޝިއާގެ ޖާސޫސީ މަތިންދާބޯޓެއް މިދިޔަ ހަފުތާގައި ހަލާކުކޮށްލި ކަމަށް ބުނާ މައްސަލައިގެ ފަހަތުގައި ވާ ބެލަރޫސްގެ ޕާޓިޝަނުން ވަނީ އެއާފީލްޑްގެ މައްޗަށް ޑްރޯން މިޝަނެއް ހިންގަމުންދާ މަންޒަރު ފެންނަ މި ވީޑިއޯ އާންމުކޮށްފައެވެ.

ކުރީގެ ސެކިއުރިޓީ އޮފިސަރުން އުފެއްދި ކަމަށް ބެލެވޭ ހިޔަނީ ރެސިސްޓެންސް ގްރޫޕެއް ކަމަށްވާ ބީވައިޕީއޯއެލް އިން ބުރާސްފަތި ދުވަހު އާންމުކުރި ވީޑިއޯއިން ފެންނަ ގޮތުގައި ދުވާލުގެ ވަގުތުގައި އެއާފީލްޑް ހުރަސްކޮށް ޑްރޯނެއް އުދުހެމުން ގޮސް، މަތިންދާ ބޯޓުގެ ރެޑޯމްއަށް ޖެއްސުމަށް މަސައްކަތް ކުރެ އެވެ.

ޕާޓިޝަން ގްރޫޕުން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ބާޒާރުން ގަންނަން ލިބެން ހުރި ޑްރޯންތައް ބޭނުންކޮށްގެން ވައިގެ ދިފާއީ ބާރުތަކުން ހުރަސް އެޅުމެއް ނެތި، ހަމަލާ ދިނުމުގެ ކުރިން ދެ ހަފުތާވަންދެން އެއާފީލްޑްމަތިން ރިކޮނިސެންސް ފްލައިޓްތައް ކުރިއަށް ގެންދިޔަ ކަމަށެވެ.

ހަމަލާ ދިން ކަމަށް ބުނާ ފަހުން ނަގާފައިވާ ސެޓެލައިޓް ފޮޓޯތަކުން ފެންނަ ގޮތުގައި މަތިންދާބޯޓަށް ލިބިފައިވަނީ ވަރަށް ކުޑަ ގެއްލުމެކެވެ.

އޭ-50 މަރުކާގެ މަތިންދާ ބޯޓަކީ ކޮމާންޑް އެންޑް ކޮންޓްރޯލް ގާބިލްކަން ލިބިފައިވާ ޒަމާނީ ސަވައިލަންސް މަތިންދާ ބޯޓެކެވެ. އެއީ ބޯޓަށް ގާތްގަނޑަކަށް 274 މިލިއަން ޕައުންޑް ހަރަދުވާނެ ކަމަށް ބެލެވޭ އިރު ރަޝިއާގައި ހުރީ އޭގެ ތެރެއިން އެންމެ ނުވަ ބޯޓެވެ.

ބެލަރޫސްގެ ދައުލަތުގެ ޓީވީން ބުދަ ދުވަހު ވަނީ މަތިންދާބޯޓު ކަމަށް ބުނާ މަންޒަރުތައް ދައްކާފަ އެ މަންޒަރުތަކުން ފެންނަ ގޮތުގައި އެބުނާ ބޯޓަށް މާބޮޑު ގެއްލުމެއް ވެފައެއް ނުވެއެވެ.

މިއީ މޮސްކޯ ނުވަތަ މިންސްކްގެ ރަސްމީ މަސްދަރަކުން މި ހަމަލާއާ ބެހޭ ގޮތުން ވާހަކަ ދެއްކި ފުރަތަމަ ފަހަރެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close