ފަލަސްތީނުގެ ރައްޔިތުންނަށް އިންސާފު ހޯދައިދިނުމަށް ސެނެގާލުން ގޮވާލައިފި

ފަލަސްތީނުގެ ރައްޔިތުންނަށް އިންސާފު ހޯދައިދިނުމަށް ސެނެގާލުން ގޮވާލައިފިއެވެ.
މިއަހަރުގެ އދ.ގެ ޢާންމު މަޖިލީހުގެ 80 ވަނަ ބައްދަލުވުމުގައި، ސެނެގާލުގެ ރައީސް ބައްސިރޫ ޑިއޯމަޔޭ ފަޔޭ، ގާޒާގައި ހިނގަމުންދާ ހަނގުރާމަ ވަރަށް ބޮޑަށް ކުށްވެރިކުރައްވައިފައިވާއިރު، ރައީސް ފަޔޭ ގާޒާގެ ހާލަތު ސިފަކުރެއްވީ “އިންސާނިއްޔަތަށް ޖެހިފައިވާ ބޮޑު ކާރިސާއެއް”ގެ ގޮތުގައެވެ. އަދި މިކަމަށް ވަގުތުން ބައިނަލްއަޤްވާމީ ފަރާތްތަކުން އެއްބާރުލުން ދިނުމަށް ގޮވާލެއްވިއެވެ.
ރައީސް ފަޔޭގެ ވާހަކަފުޅުގައި، ފަލަސްތީނުގެ ރައްޔިތުންނަށް އިންސާފު ހޯދައިދިނުމަށާއި، ދުނިޔޭގެ ސަރަހައްދުތަކުގެ މިނިވަންކަމާއި އިސްތިޤްލާލަށް އިހުތިރާމްކުރާ، ބަދަލުތަކެއް ގެނައުމަށް ވަނީ ގޮވާލައްވާފައެވެ. ގާޒާގެ ހާލަތު ސިފަކުރައްވަމުން އޭނާ ވިދާޅުވީ، “ހާޒާރުންނަށް ގާޒާ މިވަނީ ނަރަކައަކަށްވެފައި” ކަމަށެވެ.
މިކަމާ ގުޅިގެން، ރައީސް ފަޔޭ ވަނީ ހަނގުރާމަ ހުއްޓާލައި، ސުލްހަ ގާއިމްކުރުމަށް އަވަސް ފިޔަވަޅުތަކެއް އެޅުމަށް ގޮވާލައްވާފައެވެ. އޭނާގެ މި ގޮވާލެއްވުމަށް ބައިނަލްއަޤްވާމީ އެހީތެރިކަމާއި އެއްބާރުލުން ބޭނުންވާކަން ވަނީ ފާހަގަކުރައްވާފައެވެ.
މިދަނޑިވަޅަކީ ގާޒާގެ ރައްޔިތުންނަށް އިންސާނިއްޔަތާ ހިލާފު ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައިވާ ދަނޑިވަޅެކެވެ. ރައީސް ފަޔޭގެ މި ވާހަކަފުޅުތަކުން ދުނިޔޭގެ ސަމާލުކަން ގާޒާއަށް ހުއްޓުވުމަށް އެހީތެރިވެދޭނެ ކަމަށް ބެލެވެއެވެ.



