ބޭރުދުނިޔެ

ޔަހޫދީ ޓެރަރިސްޓުންގެ ބޮމުގެ ހަމަލާއެއްގައި ފަލަސްތީނުގެ ކުޑަކުއްޖަކު ޝަހީދުވެ 14 މީހަކު ޒަޚަމްވެއްޖެ

ޔަހޫދީ ޓެރަރިސްޓުން ގުދުސްގައި ދިން ބޮމުގެ ހަމަލާތަކެއްގައި އެކަކު މަރުވެ 14 މީހަކު ޒަޚަމްވެއްޖެއެވެ. ބޮން ގޮއްވާލާފައިވަނީ މީހުން މަސައްކަތަށް ނުކުންނަ ބިޒީ ދެ ސަރަހައްދަކަށް މީހުންތައް ތޮއްޖެހިފައިވާ ވަގުތެއްގައި ކަމަށް މައުލޫމާތު ލިބެއެވެ. މި ހަމަލާތަކުގައި މަރުވީ ފަލަސްތީނުގެ އާރިހް ޝޫޕަކް ނަމަކަށް ކިޔާ އުމުރުން 15 އަހަރުގެ ފިރިހެން ކުއްޖަކު ކަމަށް އިޒްރޭލުގެ ފުލުހުންވެސް ވަނީ ރިޕޯޓްކޮށްފައެވެ.

ފުރަތަމަ ބޮން ގޮއްވާލާފައިވަނީ ގިވަތު ޝައުލްގައި ހުންނަ ގުދުސްގެ މައި ދޮރާށި ކައިރީގައި ކަމަށާއި، އޭގެ ގާތްގަނޑަކަށް 30 މިނެޓު ފަހުން އެ ސިޓީއަށް ވަންނަ އެހެން ދޮރެއް ކަމަށްވާ ރާމޯޓް ޖަންކްޝަނުގައި ދެވަނަ ފަހަރަށް ބޮން ގޮއްވާލާފައިވާ  ކަމަށްވެއެވެ. ފުރަތަމަ ބޮމުގެ ހަމަލާގައި ޝޫޕަކް ގެ އިތުރުން 12 މީހަކު ޒަހަމްވި އިރު، ފަހުން އޭނާ މަރުވީ ޝާރޭ ޒެޑެކް މެޑިކަލް ސެންޓަރުގައި ފަރުވާ ދެމުން ދަނިކޮށެވެ.

ފަހަކަށް އައިސް އިސްރާއީލާއި ފަލަސްތީނުގެ ހަމަނުޖެހުންތައް ވަރަށް ބޮޑަށް އިތުރުވެފައިވާއިރު، އިސްރާއީލުން ހިފާފައިވާ ހުޅަނގު އައްސޭރީގައި ފަލަސްތީނުގެ ހަތިޔާރު އެޅި މީހުންނާއި އާންމުން ވަނީ ޝަހީދުކޮށްލާފައެވެ. މެއި މަހު އިސްރާއީލާއި ހަމާސް އާ ދެމެދު ހަނގުރާމަ ހުއްޓާލުމަށް އެއްބަސްވުމަށް ފަހުވެސް ހަމަލާތައް ދެމުން އަންނައިރު، ހާލަތު ވަނީ އިތުރަށް ހަލަބޮލިވެފަ އެވެ.

ބޮމުގެ ހަމަލާތަކުގެ ސަބަބުން އެ ސަރަހައްދުގައި ނުތަނަވަސްކަން އިތުރުވެ، ހަމަނުޖެހުންތައް އިތުރުވެދާނެ ކަމުގެ ކަންބޮޑުވުން ވަނީ ބޮޑުވެފަ އެވެ. އިސްރާއީލުން މީގެ ކުރިން ދިން ހަމަލާތަކަށް ރައްދު ދީފައިވަނީ ފަލަސްތީނުގެ ބިންތަކާ ދެކޮޅަށް އަސްކަރީ އޮޕަރޭޝަންތަކެއް ހިންގައިގެންނެވެ. ނަމަވެސް އެންމެ ފަހުގެ މި ހަމަނުޖެހުންތަކާ ގުޅިގެން އެ ގައުމުން އަމަލުކުރާނީ ކިހިނެއްތޯ ބަލަން ޖެހެ އެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close