ބޭރުދުނިޔެ

ރާނީގެ ޖަނާޒާގެ ކަންތައްތައް ކުރިއަށް ދާނެގޮތް އިއުލާންކޮށްފި

ތާރީހީ އަދި ޚިޔާލުތަފާތުވުން ބޮޑު 70 އަހަރުގެ ވެރިކަމަކަށް ފަހު ބުރާސްފަތި ދުވަހު އުމުރުން 96 އަހަރުގައި އަވަހާރަވި ރާނީ އެލިޒަބަތު ދެވަނަގެ ޖަނާޒާ ބޭއްވުމަށް ރާވާފައިވާކަން ރޯޔަލް ފެމިލީން ހޮނިހިރު ދުވަހު ކަށަވަރުކޮށްދީފި އެވެ.

އެ އާއިލާގެ ރަސްމީ ވެބްސައިޓަށް ފޮނުވި ޕޯސްޓެއްގައި ވަނީ ރާނީގެ ޖަނާޒާ އޮންނާނީ ސެޕްޓެމްބަރު މަހުގެ 19 ވަނަ ދުވަހު، ލަންޑަން ގަޑިން ހެނދުނު 11 އިން ފެށިގެންކަން ވަނީ ކަށަވަރުކޮށްދީފަ އެވެ. ޖަނާޒާގެ ކުރިން ހަތަރު ދުވަސް ވަންދެން ލަންޑަންގެ ވެސްޓްމިންސްޓާ ހޯލުގައި ރާނީގެ ޤަބުރުފުޅު އޮންނާނެ އެވެ. އިނގިރޭސިވިލާތުގައި ގައުމީ ބޭންކް ޖަނާޒާ ބާއްވާ ދުވަހު ބަންދުވާނެކަން މިހާރުވަނީ އިއުލާންކޮށްފަ އެވެ.

“ރާނީގެ ސަންދޯއް މިވަގުތު އޮތީ ބަލްމޯރަލް ކަސްޓަލްގެ ބޯލްރޫމްގައި،” އެ ޕޯސްޓުގައިވެ އެވެ. “މާދަމާ 11 ސެޕްޓެމްބަރު ވާ އާދީއްތަ ދުވަހު އެއްގަމު މަގުން އެޑިންބާރަށް ސައްދޯއް ގެންދެވޭނެއެވެ. އަދި ހޮލީރޫޑްހައުސްގެ ގަނޑުވަރަށް ސަންދޯއް ގެންގޮސް ސެޕްޓެމްބަރު 12 ވާ ހޯމަ ދުވަހުގެ މެންދުރު ވަންދެން އެތާންގައި ބޭއްވުމަށްފަހު، އެޑިންބާރގް އަށް ސަންދޯއް ގެންދިއުމަށް ޕެލަސް އޮފް ހޮލިރޫޑްހައުސްގެ ކުރިމަތީ ގޯތިތެރޭގައި ޕްރޮސެޝަން އެކުލަވާލާނެއެވެ. ސެއިންޓް ޖައިލްސް ކެތެޑްރަލްއަށް ސަންދޯއް ގެންދިއުމަށްޓަކައި ރަސްގެފާނާއި ޝާހީ އާއިލާގެ މެމްބަރުން ކެތެޑްރަލްގައި ބާއްވާ ރަސްމިއްޔާތެއްގައި ބައިވެރިވެ ވަޑައިގަތުމަށް ހަމަޖެހިފައިވާ ކަމަށްވެސް އެޕޯސްޓްގައި ބުނެފައިވެއެވެ.  

މި ރަސްމިއްޔާތަށް ފަހު ރާނީގެ ސަންދޯއް ސެއިންޓް ޖައިލްސް ކެތެޑްރަލްގައި ބަހައްޓާނީ، “ސްކޮޓްލޭންޑްގެ ރައްޔިތުންނަށް އިހުތިރާމް އަދާކުރުމުގެ ފުރުސަތު ދިނުމަށްޓަކައެވެ.” އަންގާރަ ދުވަހުގެ މެންދުރު ފަހު ސަންދޯއް ވައިގެ މަގުން އެޑިންބާރގް އެއާޕޯޓުން އާރްއޭއެފް ނޯތުހޯލްޓް ބޭސްއަށް ގެންދިއުމަށް ހަމަޖެހިފައިވާއިރު، އެތަނުން އެއްގަމު މަގުން ބަކިންހަމް ޕެލަސްއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. ބުދަ ދުވަހު ގަނޑުވަރުން ވެސްޓްމިންސްޓާ ހޯލަށް ގެންގޮސް، އާންމުންނަށް ޒިޔާރަތްކޮށް އިހުތިރާމް އަދާކުރުމުގެ ފުރުސަތު ލިބޭނެ އެވެ.

ސްޓޭޓް ޖަނާޒާ އޮންނާނީ ވެސްޓްމިންސްޓާ އެބީގައި ކަމަށާއި، ރާނީގެ ހަށިގަނޑު ވަޅުލާނީ ވިންޑްސަރ ކަސްޓަލްގެ ސެއިންޓް ޖޯޖް ޗެޕަލްގައި ރާނީގެ ގާތް އާއިލާގެ މެމްބަރުން ކައިރީގައެވެ.

ރާނީ އެލިޒަބަތު ދެވަނަ އަވަހާރަވީ ބަލިހާލު ބޮޑުވެފައިވާ ކަމަށް ރިޕޯޓްތައް ފެތުރުނުތާ މާގިނަ ދުވަހެއް ނުވެ އެވެ. އެކަމަނާ އަވަހާރަވުމަށްފަހު، ޝާހީ އާއިލާގެ ތާރީޚުގައި އެންމެ ގިނަ ދުވަހު ޚިދުމަތް ކުރެއްވި ރާނީއަށްފަހު ރަނީގެ ދަރިކަލުން ޕްރިންސް ޗާލްސް ތަޚުތަށް އިސްވެވަޑައިގެންނެވިއެވެ. ޗާލްސްގެ ދަރިކަލުން ޕްރިންސް ވިލިއަމްއަށް އަނެއްކާވެސް އޭނާގެ ބައްޕަގެ ކުރީގެ ލަޤަބު ޕްރިންސް އޮފް ވޭލްސް މިހާރުވަނީ ދީފައެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close