ބޭރުދުނިޔެ

ފިރިމީހާ އާއި މައިދައިތަ މަރާލައި، ހަށިތައް ކުދިކުދިކޮށް، ކޮށާލި ކަމުގެ ތުހުމަތުގައި އަންހެނަކު ހައްޔަރުކޮށްފި

(އިންޑިއާ – އާސާމް) ފިރިމީހާ އާއި މައިދައިތަ މަރާލައި، އެ މީހުންގެ ހަށިތައް ކުދިކުދިކޮށްކޮށައި، ކޮތަޅުތަކެއްގައި ބަންދުކޮށް އެކިއެކި ތަންތަނަށް އުކިކަމުގެ ތުހުމަތުގައި އަންހެނަކު ހައްޔަރުކޮށްފި އެވެ.

އިންޑިއާގެ ބައެއް ނޫސްތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އުމުރުން 27 އަހަރުގެ އަންހެން މީހާ ގެވެށި އަނިޔާގެ މައްސަލައެއްގައި ފިރިމީހާ އާއި މާމައާ ދެމެދު ވަރަށް ހޫނު ޒުވާބެއް ހިނގާފައިވާ ކަމަށެވެ. ރުޅިއައިސްގެން ތޫނު ހަތިޔާރަކުން ހަމަލާދީ އެމީހުން އެތަނުގައި މަރާލި ކަމަށް ތުހުމަތު ކުރެއެވެ.

މި ބިރުވެރި ޖަރީމާ ހިންގުމަށްފަހު އަންހެން މީހާ ވަނީ ހަށިގަނޑުތައް ކުދިކޮށް ކޮށާލުމަށްފަހު ވަކި ކޮތަޅުތަކަކަށް އަޅާ އުކާފައެވެ. އެ ކޮތަޅުތައް އުކާފައިވަނީ މާދުރުގައި އޮންނަ އެހެން އަވަށެއްކަމުގައިވާ މެގަލަޔާއަށް ގޮސް އެކި ތަންތަނަށް ކަމަށްވެސް ފުލުހުން ބުނެއެވެ.

މި މައްސަލަ ފެންމަތިވީ އަންހެން މީހާގެ ބަފައިބެ އޭނާގެ ދަރިފުޅާއި އަނބިމީހާ ގެއްލުނު މައްސަލަ ހުށަހެޅުމުންނެވެ. އެ މައްސަލަ ތަހުގީގު ކުރުމަށްފަހު ފުލުހުން ވަނީ ތުހުމަތު ކުރެވޭ މީހާ ޓްރޭސްކޮށް އޭނާ ހައްޔަރުކޮށްފަ އެވެ. ސުވާލުކުރުމުން އޭނާ ކުށަށް އިއުތިރާފުވެ، ކޮތަޅުތައް އުކާލި ތަންތަނަށް ފުލުހުން ގެންގޮސްދިނެވެ.

މި ހާދިސާގެ ސަބަބުން މުޅި ސްޓޭޓްގައި ވަނީ ހައިރާންކަން އުފެދިފަ އެވެ. ފުލުހުން ވަނީ މި މައްސަލަ އިގެ ފުރިހަމަ ތަހުގީގެއް ހިންގައި، ދައުވާ ލިބޭ މީހާއަށް ގާނޫނުގައިވާ ގޮތުގެ މަތިން އަދަބު ލިބޭނެ ކަމުގެ ޔަގީންކަން ދީފަ އެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close