ބޭރުދުނިޔެ

ތުރުކީ، ސީރިއާ، ބިންހެލުމުގައި މަރުވި މީހުންގެ އަދަދު އަށް ހާހާއި ގާތްކޮށްފި

ސީއެންއެން — ތުރުކީއާއި ސީރިއާ ގުޅޭ ސަރަހައްދަށް 7.5 މެގްނިޓިއުޑްގެ ބާރުމިނުގައި އައި ވަރުގަދަ ބިންހެލުމުގައި މަރުވި މީހުންގެ އަދަދު 8 ހާހާއި ގާތްކޮށްފިއެވެ.  

އޮފިޝަލުން ވިދާޅުވީ މި ހާދިސާގައި މަރުވި މީހުންގެ އަދަދު 7،926 އަށް އަރާފައިވާ ކަމަށާއި ސާޗް އެންޑް ރެސްކިއު އޮޕަރޭޝަންތައް ކުރިއަށް ދާވަރަކަށް މި އަދަދު އިތުރުވާނެ ކަމަށް ބެލެވޭ ކަމަށެވެ.

ސޫރިޔާގެ ހުޅަނގު އުތުރުގެ ހަނގުރާމަވެރިންގެ ބާރުގެ ދަށުގައިވާ ސަރަހައްދުތަކުގައި މަރުވި މީހުންގެ އަދަދު 1220 އަށް އަރާފައިވާއިރު 2600 މީހުން ޒަޚަމްވެފައިވާ ކަމަށް “ވައިޓް ހެލްމެޓްސް” ގެ ނަމުން މަޝްހޫރު ސީރިއަން ސިވިލް ޑިފެންސް އިން ބުނެއެވެ.

ބިންހެލުމާ ގުޅިގެން އެތައް ސަތޭކަ އާއިލާއެއް އަދިވެސް ކުނީގެ ދަށުގައި ތާށިވެ އެތައް ހާސް އިމާރާތްތަކަކަށް ގެއްލުންވެފައިވާ ކަމަށް އެ ޖަމާއަތުން ވަނީ ރިޕޯޓްކޮށްފަ އެވެ.

މިހާދިސާއާއި ގުޅިގެން ގެއްލުން ލިބުނު ހިސާބުތަކުގައި 3 މަސްދުވަހުގެ މުއްދަތަށް ސްޓޭޓް އޮފް އިމަޖެންސީ ވަނީ އިއުލާން ކޮށްފައެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close