ބޭރުދުނިޔެ

ރަޝިއާއިން ޔޫކްރެއިން އަށް ދިން މިސައިލް ހަމަލާތަކެއްގައި ޢާއްމުންގެ ގިނަބަޔަކު މަރުވެއްޖެ

ޑިނިޕްރޯ، ޔޫކްރެއިން (ޖެނުއަރީ 15) – ރަޝިއާގެ މިސައިލް ހަމަލާތަކެއް އަރައި، ޔޫކްރެއިންގެ ޢާއްމު ރައްޔިތުންގެ ގިނަބަޔަކު މަރުވެއްޖެއެވެ.

މިހަމަލާގައި ޑިނިޕްރޯ ސިޓީގެ އެޕާޓްމަންޓް ބްލޮކެއް ވެއްޓި ތާށި މީހުން ސަލާމަތް ކުރެވޭނެ ކަމުގެ އުއްމީދު ކުޑަ ކަމަށް ޔޫކްރެއިންގެ ކަމާބެހޭ ފަރާތްތަކުން ބުނެފި އެވެ. ރަޝިއާއިން އިއްޔެއާއި ކުރީދުވަހު ދިން މި ހަމަލާގައި އެތައް ބަޔަކު މަރުވެ އެތައް ބަޔަކު ޒަޚަމްވެފައިވެއެވެ.

އެ ސިޓީގެ މެދުގައި އޮންނަ އެޕާޓްމަންޓް ބްލޮކް ވެއްޓުނީ އެތައް މިސައިލެއް ޖެހުމުންނެވެ. މި ހާދިސާގައި ތާށިވި މީހުން ހޯދުމުގެ މަސައްކަތުގައި އިމަޖެންސީ ސާވިސްއިން ކެނޑިނޭޅި މަސައްކަތް ކުރަމުން ދިޔަ ނަމަވެސް، ހަލާކުވި މިންވަރުގެ ސަބަބުން އެ މީހުން ކުރާ މަސައްކަތަށް ވަނީ ދަތިތަކެއް ކުރިމަތިވެފަ އެވެ. މިހާތަނަށް ސަލާމަތްވި މަދު ބަޔަކު ކުނިތަކުގެ ތެރެއިން ނެގި ނަމަވެސް، ސަލާމަތްވި މީހުން ހޯދުމުގެ މަސައްކަތް ކުރިއަށްދާއިރު މަރުވާ މީހުންގެ އަދަދު އިތުރުވަމުން ދާނެ ކަމުގެ ބިރު އޮފިޝަލުން ވަނީ ފާޅުކޮށްފަ އެވެ.

ޔޫކްރެއިން ސަރުކާރުން ވަނީ މި ހަމަލާ ކުށްވެރިކޮށް ވަގުތުން ހަނގުރާމަ ހުއްޓާލުމަށް ގޮވާލާފައެވެ. މިހާދިސާއާ ގުޅިގެން ރަޝިޔާ ސަރުކާރުން އަދި ވަކި އެއްޗެއް ބުނެފައެއް ނުވެއެވެ.

ބައިނަލްއަގްވާމީ މުޖުތަމައުން ވަނީ މަރުވި މީހުންނަށާއި އެމީހުންގެ އާއިލާތަކަށް ތައުޒިޔާ ރައްދުކޮށް، ޔޫކްރެއިން އާއި ރަޝިއާއާ ދެމެދު މިހާރު ހިނގަމުންދާ ހަމަނުޖެހުންތަކަށް އަވަސް އަދި ސުލްހަވެރި ހައްލެއް ގެނައުމަށް ގޮވާލައިފަ އެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close