ބޭރުދުނިޔެ

ގްރޭޑް 1 ގެ ދަރިވަރަކު އޭނާގެ ޓީޗަރަށް ބަޑިން ހަމަލާދީ ޒަޚަމް ކޮށްލައިފި

އޭޕީ – އެމެރިކާގެ ވޮޝިންޓަންގެ ސްޓޭޓެއް ކަމުގައިވާ ވާޖިނިއާގެ ސްކޫލެއްގައި އުމުރުން 6 އަހަރުގެ ދަރިވަރަކު ޓީޗަރެއްގެ ގަޔަށް ބަޑިޖަހައި ޒަހަމްކޮށްލައިފިއެވެ.

މިދިޔަ ހުކުރު ދުވަހު ހިނގި މިހާދިސާގައި ގްރޭޑް 1 ގައި ކިޔަވަމުންދާ ދަރިވަރަކާ އޭނާގެ ޓީޗަރާ ދެމެދު ކްލާސްރޫމެއްގެ ތެރޭގައި ހިނގި ޒުވާބެއްގެ ތެރޭގައި އުމުރުން 6 އަހަރުގެ ދަރިވަރަކު “ހޭންޑް ގަން” އަކުން ޝޫޓްކޮށް ޓީޗަރު ޒަޚަމް ކޮށްލިއިރު އެޓީޗަރަށްވަނީ ސީރިއަސް އަނިޔާތަކެއް ލިބިފައެވެ.

ސްކޫލްގެ އޮފިޝަލުންނާއި، ފުލުހުންނާ ހަވާލާދީ ރިޕޯޓްތައް ބުނާގޮތުގައި 30 އަހަރުގެ އެ އަންހެން ޓީޗަރަށް ލިބުނު އަނިޔާގައި ފުރާނައަށް ނުރައްކާވާފަދަ ޒަޚަމްތަކެއް ހުރިކަމަށްވެއެވެ. އަދި އޭނާއަށް އައިސީޔޫގައި ފަރުވާދެމުންދާކަމަށްވެސް ރިޕޯޓްތައް ބުނެއެވެ.

ތަޖުރިބާކާރުން ބުނީ 6 އަހަރުގެ ކުއްޖަކު ބައިވެރިވެގެން ސްކޫލެއްގައި ބަޑިޖެހުމުގެ ހާދިސާއެއް ހިނގި މިއީ ފުރަތަމަ ފަހަރު ނަމަވެސް މިއީ އިންތިހާއަށް ކަންބޮޑުވާންޖެހޭ ކަމެއް ކަމަށާއި ވާޖިނިއާގެ ގާނޫނުގައި އެފަދަ ކުށަކަށް އެ އުމުރުގެ ކުއްޖަކަށް އަދަބު ލިބޭނެ ގޮތްތައް ހަނިކޮށްފައިވާ ކަމަށެވެ.

ރިޗްނެކް އެލިމެންޓަރީ ސްކޫލުގައި ހިނގި ބަޑިޖެހުމުގެ މި ހާދިސާގައި އެއްވެސް ދަރިވަރަކަށް އަނިޔާއެއް ނުވާ ކަމަށް ފުލުހުން ބުނެ އެވެ.

އޮފިޝަލުންނާއި ހަވާލާދީ ރިޕޯޓްތައް ބުނާގޮތުގައި އެކުއްޖާ ސްކޫލަށް އައިއިރުވެސް އެކުއްޖާގެ އަތުގައި ބަޑިއެއް އޮތްކަމަށްވެއެވެ. އެކަމަކު އެ ބަޑިއޮތީ އެކުއްޖާގެ ދަބަހުގައި ކަމެއް ނުވަތަ އެހެންތަނެއްގައި ކަމެއް އެނގިފައިނުވާއިރު، ފުލުހުން ބުނީ އެ ކުއްޖާ އެ ހޯދީ ކޮންތާކުންތޯ ބެލުމަށް އިންވެސްޓިގޭޓަރުން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. ބަޑިޖެހުމާއި، މާރާމާރީއާއި، ސްކޫލް ތެރޭގައި ހިނގި ކަންކަމާ ބެހޭ އިތުރު ތަފްސީލެއް ފުލުހުންގެ ވެރިޔާ ނުދެއްވައެވެ.

މި ހާދިސާއާއި އެ ކުއްޖާގެ މައިންބަފައިންނާ ގުޅުން ހުރިތޯ ކަމާބެހޭ ފަރާތްތަކުން ކުރި ސުވާލުތަކަށް ފުލުހުންގެ އިސްވެރިޔާ ވަކިން ޖަވާބު ނުދެއްވި ނަމަވެސް ފުލުހުންގެ ޑިޕާޓްމަންޓުގެ މެމްބަރުން އެ ތަހުގީގު ކުރިއަށް ގެންދާ ކަމަށް ވިދާޅުވި އެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close