ޚަބަރު

ފުރަތަމަ ކަމަކީ ކެންޑިޑެންސީ ކަށަވަރުކުރުން ، ބޮޑުތަނުން އެކަން ކާމިޔާބު ކުރެވޭނެ: ރައީސް

އެމްޑީޕީ ރިޔާސީ ޕްރައިމަރީގައި އޮތް އެންމެ ފުރަތަމަ ކަމަކީ ންޑިޑެންސީ ކަށަވަރުކުރުން ކަމަށާއި، ބޮޑުތަނުން އެކަން ކާމިޔާބު ކުރެވޭނެކަމަށް ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

މިއަދު އޮތް ޕްރެސްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް އެމްޑީޕީގެ ޓިކެޓު ކަށަވަރުކުރުމަށް ކުރިއަށްގެންދާ ޕްރައިމަރީ ބޮޑުތަނުން ކާމިޔާބު ކުރާނެކަމަށާއި ކޯލީޝަން އެކުލަވާލުމުގެ މަސައްކަތް ކުރިއަށްދާނީ އެއަށްފަހުގައި ކަމަށެވެ.

ނޫސްވެރިންގެ އެ ބައްދަލުކުރެއްވުމުގައި ރައީސް ސޯލިހް ވިދާޅުވީ ސިޔާސަތުތައް ތަންފީޒު ކުރަމުންދާގޮތަށް ބަލާފަ ކޯލީޝަން މެންބަރުންގެ ތާއީދު ލިބޭނެކަމަށް ވަރަށް ބޮޑަށް ބެލެވޭ” ރައީސް ސޯލިހް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ކޯލީޝަން އެކުލަވާލުމާއިގުޅޭގޮތުން ރަޝްމީ މަޝްވަރާތަކެއް އަދި ކުރެވިފައިނުވާނެ ކަމަށާއި ނަމަވެސް ޕްރައިމަރީއަށްފަހު އެކަން ކުރިއަށްދާއިރު ބައެއް ވަކި ފަރުދުންނާއި ސިޔާސީ އިތުރު ބޭފުޅުންގެ ތާއީދުވެސް ލިބިގެންދާނެކަމުގެ ޔަގީންކަން އެބަ އޮތް ކަމަށެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close