ޚަބަރު

އެއްޖިންސުން ގުޅުން ހިންގި މައްސަލައިގައި ތިން މީހަކަށް ދައުވާ ކުރަން ޕީޖީއަށް ފޮނުވައިފި

ގިނައަދަދެއްގެ ދިވެހި ފިރިހެނުންނާއެކު އެއްޖިއްސުން ގުޅުންހިންގި ބަންގްލަދޭޝް އަލަމްގީރް އާއި އެކު އެއްޖިންސުން ގުޅުން ހިންގި މައްސަލައިގައި ތިން މީހަކަށް ދައުވާ ކުރަން ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހަށް ފޮނުވައިފި އެވެ.

ދައުވާ ކޮށްދިނުމަށް އެދި ޕީޖީއަށް ފޮނުވި ތިން މީހުންނަކީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ކޮއްކޮ އަދި ގާނޫނީ ނާޒިމް ސައްތާރު އާއި މަޖިލީހުގެ ކުރީގެ މެމްބަރު ކާނަލް މުހައްމަދު ނަޝީދު އާއި ފުލުހެއް ކަމަށްވާ އަބްދުއްރަހުމާން ރަފީގު އެވެ.

އެ ތިން މީހުންގެ މައްޗަށް ފުލުހުން ދައުވާކޮށްދޭން އެދިފައިވާ ކަމަށް ޕީޖީއިން ވަނީ “ވަގުތަށް” ކަށަވަރު ކޮށްދީފައެވެ.

ޕީޖީ އޮފީހުގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ އެ ތިން މީހުނަށް ދައުވާ ކުރުމާއި ގުޅޭގޮތުން މަޝްވަރާއަށް އެ އޮފީހަށް ހުށަހަޅާފައިވާ ކަމަށެވެ.

އެ މީހުންގެ މައްޗަށް ދައުވާ އުފުލަން އެދިފައި ވަނީ ޖިންސީ ކުށުގެ ގާނޫނާއި ގާނޫނުލްއުގޫބާތުގެ ދަށުންނެވެ. އެ ކުށް ސާބިތުވެއްޖެ ނަމަ ފަސް އަހަރާއި ހަތް އަހަރުގެ ޖަލު ހުކުމެއް އަންނާނެ އެވެ.

އަލަމްގީރް އެކު އެއް ޖިންސުން ގުޅުން ހިންގި ކަމަށް ތުހުމަތުކުރާ 38 މީހެއްގެ ވީޑިއޯއެއް ފުލުހުން ދަނީ ތަހުލީލް ކުރަމުންނެވެ.

މިހާތަނަށް އަލަމްގިރިއާއި އެކުގައި އެއްޖިންސުން ހިންގި ކަމުގެ ތުހުމަތުގައި ޓީޗަރަކާއި މުދިމަކު ވަނީ މަގާމުން ސަސްޕެންޑް ކޮށްފަ އެވެ. އަދި އެހެން ބައެއް މީހުން ވަނީ ވަޒީފާއިން ވެސް ވަކިކޮށްފަ އެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close