ޚަބަރު

ޕޯސްޓް މެދުވެރިކޮށް ރާއްޖެ ގެނައި ގިނަޢަދަދެއްގެ މަސްތުވާތަކެތި އަތުލައިގެންފި

ޕޯސްޓް މެދުވެރިކޮށް ރާއްޖެ ގެނައި ދެ މިލިއަން ރުފިޔާގެ މަސްތުވާތަކެތި ކަސްޓަމްސް އިން އަތުލައިގެންފިއެވެ.

ކަސްޓަމުން ބުނީ މިތަކެތި އަތުލައިގެންފައިވަނީ ނޮވެމްބަރު މަހުގެ 21 ވަނަ ދުވަހު ޕޯސްޓް މެދުވެރިކޮށް ރާއްޖެ ގެނެސްފައިވާ ޕެކޭޖްތައް ބަލައިފާސްކުރުމުގެ ތެރޭގައި ކަމަށެވެ.

ބެލްޖިއަމުން ރާއްޖެ ގެނެއި އެ ޕެކޭޖްގައި މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ ތަކެތި ހުރި ދެ ޕެކެޓެއް ފެނިފައިވާ ކަމަށާއި އެތަކެތީގެ ޓެސްޓް ކުރުމުގެ ފުރަތަމަ މަރުހަލާގައި، މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ މެފެޑްރޯން އަށް ފައްސިވެފައިވާ ކަމަށް ކަސްޓަމުން ވަނީ ބުނެފައެވެ.

ކަސްޓަމުން ބުނީ އަތުލައިގެނެވުނު މަސްތުވާތަކެތީގެ ބަރުދަނުގައި ޕެކިނާއިއެކު ޖުމްލަ 1.010 ކިލޯގްރާމް ހުރިއިރު، އެތަކެތީގެ މަގުމަތީ އަދު 2،500،000.00 (ދެ މިލިއަން ފަސް ލައްކަ) ރުފިޔާއަށް އަރާ ކަމަށެވެ.

މިމައްސަލައިގައި ޝާމިލްވާ މީހަކާއި އަތުލައިގަނެވުނު މަސްތުވާތަކެތި މިހާރު އިތުރަށް ތަހުގީގު ކުރުމަށް ފުލުހުންނާއި ހަވާލު ކޮށްފައިވާ ކަމަށް ވެސް ކަސްޓަމުން ވަނީ ބުނެފައެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close