ބޭރުދުނިޔެ

ޢުމުރުން ދުވަސްވީ ޓީޗަރަކަށް ތަޅައި އަނިޔާކުރާ ވީޑިއޯއެއް ލީކްވެއްޖެ

ކޮލެޖްގެ ވަޒީފާއަށް ގަޑިޖެހިގެން އަންނަ ކަމުގެ ޝަކުވާ ކުރުމުން ތިން ޓީޗަރަކު ޢުމުރުން ދުވަސްވީ ރިޓަޔާޑް ޓީޗަރަކަށް ތަޅައި އަނިޔާކުރާ ވީޑިއޯއެއް ވައިރަލް ވެއްޖެއެވެ.

އިންޑިއާގެ ކާންޕޫރު ސިޓީގެ ޗަމަން ގަންޖް ސަރަހައްދުގައި ހިނގި މި ހާދިސާގައި އަނިޔާކޮށްފައިވަނީ މުސްލިމް ޓީޗަރަކަށެވެ.

އަފްޒަލް އަހްމަދު ހަލީމް ނަމަކަށް ކިޔާ ޢުމުރުންދުވަސްވީ މި ޓީޗަރު މީހާއަށް އެކޮލުގެ އެހެން ތިން ޓީޗަރަކު އަނިޔާކޮށްފައިވާއިރު، އަނިޔާ ލިބުނު ޓީޗަރުމީހާވަނީ އެކޮލެޖްގެ ޓީޗަރެއްގެ ވަޒީފާއިން ރިޓަޔާ ކުރެއްވުމަށްފަހު މެނޭޖްމަންޓުން ވަނީ އެ ކޮލެޖުގެ ޑިސިޕްލިނަރީ ކޮމިޓީގެ މުގައްރިރަކަށް އޭނާ ހަމަޖައްސައިފަ އެވެ. އޭނާވަނީ އެ ތިން ޓީޗަރުން ކޮލެޖަށް އާދަވެގެން ލަހުން އަންނަ ކަމަށާއި، އައިސްވެސް ކްލާސްތައް ނުނަގާ ކަމުގެ ޝަކުވާ އޭނާ މެނޭޖްމަންޓަށް ކޮށްފައެވެ.

ޑިސެމްބަރު މަހުގެ 10 ވަނަ ދުވަހު ހިނގި މިހާދިސާގައި މާރާމާރީ ހިންގި އަނިޔާ ލިބުނު ޓީޗަރުމީހާ އެކޮލެޖް ތެރޭގައި އެހެން ޓީޗަރަކާ ވާހަކަ ދައްކަމުން ދަނިކޮށެވެ.

ކޮލެޖުގެ މެނޭޖްމަންޓުން އެ މައުލޫމާތު ލިބުމާ އެކު ޗަމަން ގަންޖް ޕޮލިސް ސްޓޭޝަންގެ ފުލުހުން ވަނީ އެ މައްސަލަ ތަހުގީގު ކުރަން ފަށާފަ އެވެ.

ނަމަވެސް އެއްވެސް ފިޔަވަޅެއް އަޅާފައެއް ނުވެއެވެ. ސީސީޓީވީ ފުޓޭޖް އިންޓަނެޓުގައި މާލަސްތަކެއް ނުވެ ވައިރަލްވުމާ ގުޅިގެން ޕޮލިސް ކޮމިޝަނަރު ބީޕީ ޖޮގްޑަންޑް ވަނީ އެ ތިން ޓީޗަރުންނަށް ފިޔަވަޅު އެޅުމަށް އަންގަވައިފަ އެވެ.

މާރާމާރީ ހިންގި ތިންމީހުން ފިލާފައިވާއިރު، އެކަމާ ބެހޭ ގޮތުން ޑީސީޕީ ސެންޓްރަލް ރަވިންދުރަ ކުމާރު ވިދާޅުވީ ފިލާފައިވާ މީހުން ހޯދުމުގެ މަސައްކަތް ސީސީޓީވީ ފުޓޭޖް ތަކުގެ އެހީއާއިއެކު ފުލުހުން ކުރަމުން ދާކަމަށެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close