ޚަބަރު

ފުލުހުންގެ ޑޯގް ސްކޮޑަށް އަލަށް ގެނައި 10 ކުއްތާ އޮޕަރޭޝަންތަކުގައި ބޭނުން ކުރަން ފަށައިފި

ފުލުހުންގެ ޑޯގް ސްކޮޑަށް އަލަށް ގެނައި10 ކުއްތާ އޮޕަރޭޝަންތަކުގައި ބޭނުން ކުރަން ފަށައިފި އެވެ.

ފުލުހުންގެ މީޑިއާއިން ބުނީ މި ކުއްތާތަކަކީ ނުރައްކާތެރި ގޮވާތަކެތި ދެނެގަތުމަށް ހާއްސަކޮށްގެން އެމެރިކާގައި ތަމްރީނުކޮށްފައިވާ ކުއްތާތަކެކެވެ. މި ކުއްތާތައް އޮޕަރޭޝަންތަކުގައި ބޭނުންކުރުމާއި ކުއްތާތައް ބެލެހެއްޓުމަށް އެމެރިކާގައި 10 ފުލުހުން ތަމްރީނުކޮށްފައިވެއެވެ.

ފުލުހުން ބުނީ މި ކުއްތާތައް އެންމެ ފުރަތަމަ ބޭނުންކުރީ މިދިޔަ މަހު އައްޑޫ ސިޓީގައި ކުރިއަށް ގެންދިޔަ ކައުންޓާޓެރަރިޒަމް އޮޕަރޭޝަނުގައި ކަމަށެވެ.

ޓެރަރިޒަމް އޮޕަރޭޝަންތަކުގެ އިތުރުން އިންޓެލިޖެންސް ބައެއް މައުލޫމާތުތަކާ ގުޅިގެން ހިންގާ ތަފާތު އޮޕަރޭޝަންތައް، ކަސްޓަމްސް، މޯލްޑިވްސް ޕޯޓްސް ލިމިޓެޑް، އެއާޕޯޓާއި އެއާޕޯޓު ކާގޯ އޭރިއާ އަދި ރާއްޖެއާއި ރާއްޖެއިން ބޭރުގެ ހައި ޕްރޮފައިލް ބޭފުޅުންގެ އިވެެންޓުތަކުގައިވެސް ފުލުހުންގެ ޑޯގް ސްކޮޑް ބޭނުން ކުރެ އެވެ. މި ކުއްތާތައް ރާއްޖެ ގެނައީ މިދިޔަ ޖުލައި މަހު އެވެ.

ޑޯގް ސްކޮޑަށް އިތުރަށް ގެނައި 10 ކުއްތާއާއެކު ފުލުހުންގެ ޑޯގް ސްކޮޑުގައި މިހާރު ބޭނުންކުރަމުންގެންދަނީ 25 ކުއްތާއެވެ. ޑޯގް ސްކޮޑް ބޭނުންކޮށްގެން ކާމިޔާބު ތަފާތުއެކި އޮޕަރޭޝަންތައް ފުލުހުން ހިންގާފައިވާ ކަމަށް ފުލުހުން ބުނެ އެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close