ޚަބަރު

ޑރ.މުނައްވަރުގެ ހޫނު ރައްދެއް ސަރުކާރަށް! ތިޔަ ބޭކާރު ޚަރަދުތައް ހުއްޓައިލާ!

ޑރ.މުނައްވަރުގެ ހޫނު ރައްދެއް ސަރުކާރަށް ދެއްވައިފި އެވެ.

މުނައްވަރު ވިދާޅުވީ ރައްޔިތުން “ފެލުމުގެ ބަދަލުގައި” ޚަރަދުތައް ކުޑަކުރަން ވީކަމުގައެވެ.

ކުރީގެ ބަންޑާރަ ނައިބް ޑރ.މުހައްމަދު މުނައްވަރު ސަރުކާރަށް މިފަދަ ރައްދެއް ދެއްވީ ޓެކްސްތައް ބޮޑުކުރަން ސަރުކާރުން ހުށަހެޅި ބިލު ރައްޔިތުންގެ މަޖިލީހުން އިއްޔެ ވަނީ ފާސް ކުރުމާ ގުޅިގެން ނެވެ.

މަޖިލީހުގެ އިއްޔެގެ ޖަލްސާގައި ސަރުކާރުން ފޮނުވި ގޮތަށް ބިލު ފާސްކުރަން 55 މެންބަރުން ވޯޓު ދެއްވިއެވެ. ނުފެންނަކަމަށް 26 މެންބަރުން ވޯޓު ދެއްވިއެވެ.

ޓެކްސް ބޮޑު ކުރާ ބިލު ފާސްކުރުމާ ގުޅިގެން ސަރުކާރަށް ފާޑުވިދާޅުވެ ކުރެއްވި ޓްވީޓުގައި ޑރ.މުނައްވަރު އިލްތިމާސް ކުރެއްވީ ރައްޔިތުން އިތުރަށް ފެލުމުގެ ބަދަލުގައި ބޭކާރު ޚަރަދުތައް ކުރުން ހުއްޓާލައި، ޚަރަދު ކުޑަކުރުމަށެވެ.

މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލު ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވަނީ އިހަވަންދޫ ދާއިރާގެ މެންބަރު މުޙައްމަދު ޝިފާއުއެވެ.

ޤާނޫނަށް ގެންނަ އިސްލާހުގައިވާގޮތުން ޖީއެސްޓީ 6 އިންސައްތައިން 8 އިންސައްތައަށް އަދި ޓީޖީއެސްޓީ 12 އިންސައްތައިން 16 އަށް ބޮޑުކުރުމަށް ވަނީ ހުށަހަޅާފައެވެ. އިސްލާހުގައި ވަނީ ޖެނުއަރީ 1 2023 އިން ފެށިގެން ޓެކްސްގެ ރޭޓު ބޮޑު ވާނެ ކަމަށެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close