ޚަބަރު

އަލިފާނުގެ ހާދިސާގައި މަރުވި 10 ވަނަ މީހަކީ އިންޑިއާ ރައްޔިތެއް: ފުލުހުން


މާފަންނުގައި ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާގައި މަރުވި މީހުންގެ ތެރެއިން ކާކުކަން ދެނެގަނެނުގަނެވި އޮތް މީހާ ދެނެގަނެވިއްޖެ ކަމަށާއި އެއީ އިންޑިއާގެ ރައްޔިތެއްކަމަށް ފުލުހުން ބުނެފި އެވެ.
ބުދަ ދުވަހުގެ ރޭ 00:30 ހާއިރު މ. ނިރުފެހި ގޭގައި ހިނގި އަލިފާނުގެ ހާދިސާގައި ބިދޭސީންގެ 10 މީހަކު ވަނީ މަރުވެފަ އެވެ.

ފުލުހުން މީގެ ކުރިން ބުނިގޮތުން މަރުވެފައިވާ މީހުންގެ ތެރެއިން ކާކަން ދެނެގަނެވިފައިވަނީ ނުވަ މީހުންގެ އެވެ. އެކެއްގެ ހަށިގަނޑުން އެއީ ކާކުކަން އަދި ދެނެގަނެވިފައިވާކަން ފުލުހުން ހާމަކޮށްފައިވަނީ މިއަދު އެވެ.

ފުލުހުން މިއަދު ބުނީ، އެއީ އިންޑިއާ މީހެއްގެ ހަށިގަނޑުކަން ދެނެގަނެވިފައިވާ ކަމަށެވެ.

މަރުވި މީހުން:

އިންޑިއާގެ 3 އަންހެނެއް
އިންޑިއާގެ 5 ފިރިހެނެއް
ބަގްލަދޭޝް 1 އަންހެނެއް
ބަގްލަދޭޝް 1 ފިރިހެނެއް

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close