ޚަބަރު

ލީކުވި އޯޑިއޯތަކުގެ މައްސަލައިގަ ގާޒީ ފާއިޒު ސަސްޕެންޑު ކޮށްފި

ލީކުވި އޯޑިއޯތަކުގެ މައްސަލައިގައި ކްރިމިނަލް ކޯޓުގެ ފަނޑިޔާރު ހުސައިން ފާއިޒު ރަޝީދު ސަސްޕެންޑު ކޮށްފި އެވެ.

ޖުޑީޝަލް ސާވިސް ކޮމިޝަނުން ފާއިޒު ސަސްޕެންޑު ކުރިކަން ހާމަކޮށް ނެރުނު ބަޔާނުގައި ބުނެފައިވަނީ ގާޒީ ފާއިޒު ސަސްޕެންޑު ކުރީ ލީކުވި އޯޑިއޯތަކުގެ މައްސަލައިގަ ކަމަށެވެ. ލީކުވި ތިން މީހެއްގެ އޯޑިއޯތަކުގެ ތެރެއިން ފޮރެންސިކް އެނަލިސިސް ހެދުމުން އަޑު ދިމާވެފައިވަނީ ގާޒީ ފާއިޒުގެ އެކަނި ކަމަށް ޖޭއެސްސީން ބުނެ އެވެ.

ޖޭއެސްސީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ކްރިމިނަލް ކޯޓުގެ ފަނޑިޔާރުންގެ އޯޑިއޯ ރެކޯޑިން ތަކެއް ކަމަށް ބުނެ މީޑިއާގައި ދައުރުވި އޯޑިއޯތަކުގެ ފޮރެންސިކް އެނާލިސިސްއިން، އެ އޯޑިއޯތަކުގައި ހިމެނޭ އޯޑިއޯއެއްގައިވާ އަޑާއި ގާޒީ ފާއިޒު ރަޝާދުގެ އަޑާ ދިމާވާކަމަށް އޯޑިއޯ އެނާލިސިސްގައި ކަނޑައަޅާފައި ވާތީ ކޮމިޝަނުން އެކަން ތަޙުޤީޤުކުރަން ނިންމާފައިވާ ކަމަށެވެ.

ޖޭއެސްސީން ބުނީ އެކޮމިޝަނުން ފާއިޒުގެ ސުލޫކީ މައްސަލައެއް ބަލަން ނިންމާފައިވާ ކަމަށެވެ. އަދި އެ މައްސަލައިގެ ބާވަތާއި ތަހުގީގަށް ހޯދިފައިވާ މައުލޫމާތަށް ބަލައި އޭނާ ދެ މަސް ދުވަހަށް ސަސްޕެންޑްކުރަން ނިންމާފައިވާ ކަމަށެވެ.

އެގޮތަށް ނިންމީ ޝަރުއީ ދާއިރާގެ އިތުބާރު ނެގެހެއްޓުމުގެ އަސާސްގެ މައްޗަށް ބިނާކޮށް ކަމަށް ވެސް ބަޔާނުގައިވެ އެވެ.

ފާއިޒު ވަނީ އެއީ އޭނާގެ އަޑު ކަމަށް އިންކާރު ކުރައްވާފަ އެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close