ޚަބަރު

ސްޓެލްކޯގެ ޓަވަރުތަކުން ބާކީހުރި އެޕާޓްމަންޓްތައް ލިބޭ މުވައްޒަފުން ގުރުއަތުން ހޮވައިފި

ސްޓެލްކޯ ދެ ޓަވަރުން ނުވިކި ބާކީ މިހާރުހުރި 33 އެޕާޓްމަންޓް ލިބޭ މުވައްޒަފުން ގުރުއަތުން ހޮވައިފިއެވެ.
ސްޓެލްކޯގެ މުވައްޒަފުންނަށް ހާއްސަކޮށްގެން ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ތަރައްގީކޮށްފައިވާ “ބްލޫ ރިޖް” ދެ ޓަވަރުން ނުވިކި ހުރި 33 އެޕާޓްމަންޓް ލިބޭ މުވައްޒަފުން ގުރުއަތުން ރޭ ހޮވައިފިއެވެ.

ސްޓެލްކޯ އިން ބުނި ގޮތުގައި ޖުމްލަ 360 އެޕާޓްމަންޓް ހުރި ދެ ޓަވަރުން މިހާތަނަށް ނުވިކި ހުރީ 1+2 ގެ 16 ޔުނިޓާއި 1 ބެޑްރޫމްގެ 16 ޔުނިޓާއި މީގެ ކުރިން 1 ބެޑްރޫމްގެ ޔުނިޓެއް ލިބިފައިވާ ފަރާތަކުން ދޫކޮށްލުމުން ހުރި ޔުނިޓެކެވެ.

މި ޔުނިޓްތަކަށް ކުރިމަތިލީ މުވައްޒަފުންގެ ތެރެއިން 1 ބެޑްރޫމްގެ ޔުނިޓްތަކަށް ޝަރުތު ހަމަވާ 75 މުވައްޒަފުން ތިބިއިރު 1+2 ބެޑްރޫމްގެ ޔުނިޓްތަކަށް ޝަރުތު ހަމަވެފައި ވަނީ 235 މުވައްޒަފުން ކަމަށް ސްޓެލްކޯ އިން ބުނެއެވެ.

ޝަރުތު ހަމަވާ ޖުމްލަ 310 މުވައްޒަފުންގެ މެދުގައި ގުރުއަތުލުން ކުރިއަށް ގެންގޮސްފައިވަނީ ކުރިމަތިލީ މުވައްޒަފުންގެ ތެރެއިން ޝަރުތު ހަމަވާ މުވައްޒަފުންގެ ލިސްޓެއް 25 ސެޕްޓެމްބަރުގައި އިއުލާންކޮށް އެ މުވައްޒަފުންނަށް ދައުވަތު ދީ، އެ މުވައްޒަފަކު ނުވަތަ އެ މުވައްޒަފެއްގެ ބަދަލުގައި ކަނޑައެޅި ފަރާތަކުން ހާޒިރުވެ، އެ މުވައްޒަފެއްގެ ނަން ޖަހާފައިވާ ކަރުދާސްކޮޅު އަމިއްލައަށް ފޮއްޓަށް ލައިގެން ކަމަށް ވެސް ސްޓެލްކޯ އިން ބުނެއެވެ.

ސްޓެލްކޯ އިން ބުނީ ނުވިކި ހުރި ޔުނިޓްތަކަށް ގުރުއަތު ނެގިއިރު، ކޮންމެ ކެޓަގަރީއަކުންވެސް އިތުރު 15 މުވައްޒަފެއްގެ ނަން ވެއިޓިން ލިސްޓްގެ ގޮތުގައި ވަނީ ގުރުނަގައިފައި ކަމަށެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close