ކޮވިޑް-19: ނ. ހޮޅުދޫ ކަރަންޓީނު ކޮށްފި
ކޮވިޑް-19 އާ ގުޅިގެން ނ.ހޮޅުދޫކަރަންޓީނު ކޮށްފިއެވެ.
އެރަށް ކަރަންޓީންކޮށްފައިވާކަން ހާމަކޮށް އެރަށު ކައުންސިލަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ފޮނުވި އެންގުމެއްގައި ވިދާޅުވެފައި ވަނީ، އެރަށް މޮނިޓަރިންގ ހާލާތަށް ލެވިފައި ވަނީ ކޮވިޑު-19 އާ ގުޅިގެން، ޞިއްޙީ ގޮތުން އިތުރަށް ބަލަންޖެހޭ ކަންކަން ބެލުމަށް، އަޅާ ފިޔަވަޅެއްގެ ގޮތުން އެ ރަށް ކަރަންޓީން ކުރުމަށް ނިންމާފައިވާ ކަމަށެވެ
އަދި އެ ރަށުގައި މިވަގުތު ތިބި އެއްވެސް މީހަކު ހެލްތު ޕޮރޮޓެކްޝަން އެޖެންސީން ވަކިގޮތެއް އަންގަންދެން ރަށުން ފޭބުމާއި، މި އެޖެންސީގެ ހުއްދަނެތި އެއްވެސް މީހަކު ރަށަށް އެރުން މަނާކޮށް ރަށް މޮނިޓަރ ކުރުމަށް ކައުންސިލަށް ވަނީ އަންގާފައެވެ.
އެހެންކަމުން “ޢާންމު ޞިއްޙަތު ރައްކާތެރިކުރުމުގެ ޤާނޫނު ދަށުން ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތަށް ލިބިފައިވާ ޤާނޫނީ އިޚްތިޔާރުތަކުގެ ތެރެއިން، މަތީގައިވާ ސަބަބަށްޓަކައި އިތުރަށް ބަލަންޖެހޭ ކަންކަން ބަލާ އެހެން އެންގުމެއް އަންގަންދެން މިލަންދޫ އަކީ މޮނިޓަރ ކުރެވެމުންދާ ރަށެއްކަމަށް ކަނޑައަޅާފައިވާ ކަމަށް އެ އެންގުމުގައި ވެއެވެ.
“އަދި މޮނިޓަރކުރުމާ ގުޅިގެން މި އެޖެންސީން އަންގާ ގޮތެއްގެމަތިން، ދައުލަތުގެ ކަމާބެހޭ މުއައްސަސާތަކުން އަދާކުރަންޖެހޭ ޒިންމާތައް އަދާކުރުމުގެ ގޮތުން އަންގާ އެންގުންތަކާއި އަދި ހިންގާ ހަރަކާތްތަކަށް އެއްބާރުލުން ދެއްވާ އަދި މިކަމުގައި ތިޔަ ރަށުގެ ކައުންސިލްގެ އިދާރާގެ ފަރާތުން ކުރަންޖެހޭ ކަންކަން ވިލަރެސް ކުރާނެފަރާތެއް ކަނޑައަޅުއްވައި އަންގަވައި ދެއްވުމަށް ދެންނެވީމެވެ”. އެޗްޕީއޭގެ އެންގުމުގައި ވެއެވެ.
ހޮޅުދޫ ކަރަންޓީންކޮށްފައިވާއިރު، ށ. އަތޮޅު ނަރުދޫގައި ހުރި މީހަކު ވަނީ ކޮވިޑް-19 އަށް ފައްސިވެފައެވެ.
މަޢުލޫމާތު ލިބިފައިވާ ގޮތުގައި ހޮޅުދޫ ކަރަންޓީނު ކުރީ ނަރުދޫ ބޯޓް (އަމާޒުބޯޓް) ގައި މަސައްކަތް ކުރާ ފަޅުވެރިޔަކު ޕޮޒިޓިވް ވުމާއެކު އެބޯޓް ހޮޅުދުއަށް ޖައްސާ މުދާބާލާ އަދި އެބޯޓުން ދަތުރުކުރި މީހުންވެސް ހޮޅުދުއަށް ފޭބުމާއި ގުޅިގެނެންނެވެ.


