ރޭ މަޖީދީ މަގުގައި ހިނގި ކާރު އެކްސިޑެންޓެއްގައި މީހަކަށް އަނިޔާވެއްޖެ
ރޭ މަޖީދީ މަގުގައި ހިނގި ކާރު އެކްސިޑެންޓެއްގައި މީހަކަށް އަނިޔާވެއްޖެއެވެ.
މަޖީދީ މަގުން ހިނގާފައި ދިޔަ މީހެއްގެ ގައިގައި ކާރަކުން ޖެހުނު އެކްސިޑެންޓް ހިނގާފައިވަނީ އުރީދޫ ހެޑްއޮފީސް ކައިރިންނެވެ.
ފުލުހުން ބުނީ މަޖީދީ މަގުން ހިނގާފައި ދިޔަ މީހެއްގެ ގައިގައި ކާރަކުން ޖެހި އެކްސިޑެންޓެއް ހިނގި ކަމުގެ މައުލޫމާތު ލިބުމާ ގުޅިގެން ފުލުހުން އެ ސީންގައި ހަރަކާތްތެރިވަމުންދާ ކަމަށެވެ.
މި އެކްސިޑެންޓުގައި އަނިޔާވި މީހާ އަށް ފަރުވާ ދިނުމަށް އައިޖީއެމްއެޗް އަށް ވަނީ ގެންގޮސްފައެވެ. އަނިޔާވެފައި ވަނީ ފިރިހެނަކަށެވެ.
އެމީހާ އަށް ލިބުނު ގެއްލުންތަކުގެ ތަފްސީލެއް އަދި ސާފެއް ނުވެއެވެ.
